ލ. ގަމުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ބައުންޑަރީ ވޯލް އަދި ކޮމްޕޯސްޓް ސާލެބެގެ އިމާރާތް ކުރަން ބަޔަކު ހޯދަން ގަމު ކައުންސިލުން އިއުލާންކޮށްފިއެވެ.
ގަމު ކައުންސިލުން ކޮށްފައިވާ އިއުލާންގައި ބުނެފައި ވަނީ ވޭސްޓް މެނޭޖްމަންޓް ސެންޓރގެ ބައުންޑަރީ ވޯލް އަދި ކޮމްޕޯސްޓް ސާލެބެގެ މައްސައްކަތް އމިއްލަ ތަކެތީގައި ކޮންދޭނެ ފަރާތެއް އެކައުންސިލުން ހޯދާ ކަމަށެވެ. އެ މަސައްކަތް ކޮށްދޭން ބޭނުންވާ ފަރާތްތަށް އަންނަ ބުރާސްފަތި ދުވަހު 10:30 ގައި އެކަމާ ބެހޭ މައުލޫމާތު ގަމު ކައުންސިލުން ސާފްކުރުމަށް އެ އިއުލާންގައި ބުނެފަވެއެވެ.
ހައްދުންމަތީ ގަމުގެ ކުނީގެ މައްސަލައަކީ ހައްލުނުވެފައިވާ ބޮޑު މައްސަލައަކެވެ. މި މައްސަލަ ހައްލު ކުރުމަށް ގަމު ކައުންސިލުން މަސައްކަތް ކުރަމުން އަންނަ އިރު، އެކައުންސިލުން ދަނީ ވޭސްޓް މެނޭޖްމަންޓް ސެންޓަރ ގާއިމް ކުރާ ސަރަހައްދު ސާފް ކުރަމުންނެވެ.