ހައުސިންގ މިނިސްޓްރީގެ ބޭނުމަށް ތާރު އެޅުމަށް ބޭނުންވާ ބައެއް މެޝިނަރީ އޮޕަރޭޓަރުންނާ އެކު ކުއްޔަށް ދޫކުރާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އޭޕްރީލް 19 ވާ ބުރާސްފަތި ދުވަހުގެ 01:00 އަށް ހައުސިންގ މިނިސްޓްރީއަށް އެކަން ހުށަހެޅުމަށް އެދޭ ކަމަށް ބަޔާންކޮށްފައި ވެއެވެ.
ހައުސިންގ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ތާރު އެޅުމަށް ބޭނުންވާ މެޝިނަރީ ބޭނުންވެފައިވާ ކަމަށް އިއުލާނުކޮށްފައިވާ އިރު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތުގެ ތެރެއިން މަގު ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
މާލޭ އިންޑަސްޓްރިއަލް ވިލޭޖުން ފެށިގެން ބްރިޖާ ހަމައަށް، މާލޭ ބޭރު މަގު ފުޅާކޮށް ހެދުމަށްޓަކާއި އެ ސަރަހައްދުގެ ގިނަ ގަސްތައް ދަނީ ކަނޑަމުންނެވެ.
ހައުސިންގ މިނިސްޓްރީން ބުނީ، ތާރު މަގު ނިމޭ އިރު 450 ގަސް އިންދުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. މި މަސައްކަތް ބްރިޖުގެ މަސައްކަތް ނިމެންވާއިރަށް ނިންމާލެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެއެވެ.
ހައުސިންގ މިނިސްޓްރީން ބުނެފައި ވަނީ ޗައިނާ މޯލްޑިވްސް ޕްރެންޑްޝިޕް ބްރިޖުގެ މަސައްކަތް 2018 ވަނަ އަހަރުގެ ޖުލައި 26 ވަނަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.