ކ. މާލެ
|
16 އޭޕްރިލް 2018 | ހޯމަ 00:05
ބަންދުގެ މުއްދަތުޖެހުމަށް، ނަޖުމާ އަދި އަޒްމީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުން
ބަންދުގެ މުއްދަތުޖެހުމަށް، ނަޖުމާ އަދި އަޒްމީ ކްރިމިނަލް ކޯޓަށް ހާޒިރުކުރުން
ރާއްޖެ އެމްވީ
ބަންދުގެ މުއްދަތު
ނަޖުމާއާއި، އަޒްމީގެ ބަންދަށް 15 ދުވަސް ޖަހައިފި
ނަޖުމާގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ގޭ ބަންދަށް
އަޒްމީގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ދޫނިދޫގައި ބަހައްޓާގޮތަށް
ދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ އޮފީހުގައި މަސައްކަތްކުރާ ނަޖުމާ އިބްރާހިމާއި، ރައީސް މައުމޫނުގެ ހަށިފާރަވެރިޔެއްގެ ގޮތުގައި މަސައްކަތްކުރާ މުހައްމަދު އަޒްމީގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. 

ނަޖުމާ އިބްރާހިމާއި، މުހައްމަދު އަޒްމީގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފަިއވަނީ އާދިއްތަ ދުވަހުގެ މެންދުރު ފަހު އެވެ. މީގެ ކުރިން އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހާޒިރުކުރުމުން ދެ މީހުންވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ފެބުރުއަރީ 1 ގައި އަމުރުކުރި އެވެ. ނަމަވެސް އެ ނިންމުން އަލުން މުރާޖާކުރުމަށް އާދިއްތަ ދުވަހު އަނެއްކާވެސް ކްރިމިނަލް ކޯޓަށް ގެނެސް ދެ މީހުންގެ ބަންދަށްވެސް ޖަހާފައިވަނީ 15 ދުވަހެވެ.

ބަންދަށް 15 ދުވަސްޖެހިއިރު، ނަޖުމާ ހުރީ ގޭ ބަންދުގަ އެވެ. އަދި ނަޖުމާގެ ބަންދުގެ މުއްދަތު ކަނޑައެޅީވެސް ގޭ ބަންދުގައި ބަހައްޓާ ގޮތަށެވެ. ނަމަވެސް އަޒްމީގެ ބަންދުގެ މުއްދަތު ޖަހާފައިވަނީ ދޫނިދޫގައި ބަހައްޓާގޮތަށެވެ.

ދެ މީހުންވެސް ހައްޔަރު ކޮށްފައިވަނީ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އެވެ. 

ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ނަޖުމާ އާއި އަޒްމީގެ މައްޗަށްވެސް ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދީ، އަދި އިތުރު މެމްބަރުންތަކަކަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭން އުޅޭ ކަމުގެ ތުހުމަތެވެ.

ނަޖުމާގެ ގެއިން މީގެ ކުރިން ފުލުހުންނަށް "ކަޅު ފޮއްޓެއް" ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ފުލުހުން ބުނާގޮތުގައި އެ ކަށުފޮށީގައި ވެރިކަން ވައްޓާލުމާއި ގުޅޭ ގިނަ ލިޔުންތަކެއް ހުއްޓެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް
16 އޭޕްރިލް 2018 | ހޯމަ 07:26
ފަސީ
ކަޅުފޮށި ހެހެހެހެ ހަމަ ހިނި އަންނަނީ އަލީހަމީދުމެންގެއިންވެސް ފެނުނީ ކަޅު ފޮއްޓެއް ނަޖުމާމެންގެއިންވެސް ފެނުނީ ކަޅުފޮއްޓެއް މިއީ އިއްތިފާގެއްތަ؟؟ އެހެންނޫނީ ފުލުހުން ކޮންމެގެއަކަށް އުފުލާ ފޮއްޓަކީތަ؟؟