ކ. މާލެ
|
15 އޭޕްރިލް 2018 | އާދީއްތަ 18:58
ބޯޑޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ތަރި މެލްކޮމް
ބޯޑޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ތަރި މެލްކޮމް
ގެޓީ އިމޭޖަސް
މެލްކޮމް އެހެން ޓީމަކަށް
މެލްކޮމް ޕީއެސްޖީއަށް ކުޅުމުގެ އުއްމީދުގައި
އޭނާ ހޯދުމަށް ޖަރުމަނުގެ ބަޔާން މިއުނިކްއިން ވެސް މަސައްކަތްކުރަމުންދޭ

ފްރާންސްގެ ގަދަ ބާރު ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެން ބޭނުންވާ ކަމަށް އެ ގައުމުގެ ބޯޑޯއަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ތަރި މެލްކޮމް ބުނެފިއެވެ.

އުމުރުން 21 އަހަރުގެ ފޯވާޑް ވަނީ މި ސީޒަނުގެ ފްރެންޗް ލީގުގައި މިހާތަނަށް ނުވަ ލަނޑު ޖަހާ ހަ ލަނޑު ޖެހުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ބޯޑޯ މިވަގުތު އޮތީ ފްރެންޗް ލީގުގެ ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ. މެލްކޮމްގެ ފަރާތުން މި ސީޒަނުގައި ރަނގަޅު ކުޅުމެއް ފެންނަމުން އަންނައިރު އޭނާ ވަނީ ޔޫރަޕުގެ ބޮޑު ޓީމަކަށް ކުޅެން ބޭނުންވާ ކަމަށް ތަކުރާރުކޮށް މީޑިއާގައި ބުނެފައެވެ.

ނޫސްވެރިންނާއި ވާހަކަ ދައްކަމުން މެލްކޮމް ބުނީ ޕީއެސްޖީއަށް ކުޅުމަކީ ވެސް ހުވަފެނެއް ކަމަށާއި މަތީ ފަންތީގައި ފުޓްބޯޅަ ކުޅޭ ޓީމެއްގައި ކުޅުމަކީ އޭނާ އެންމެ ކުރަން ބޭނުންވާ ކަންކަން ކަމަށެވެ. އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ކުޅޭ ޓީމެއްގައި ކުޅެން ބޭނުންވާ ކަމަށާއި ހަމައެހެންމެ ލީގު ކާމިޔާބު ކުރާ ޓީމަކަށް ކުޅުމަކީ ވެސް އޭނާ އެދޭ ކަމެއް ކަމަށެވެ. އޭނާ ބުނީ އެހެން ޓީމަކަށް ބަދަލުވުމަށް މަޝްވަރާތަކެއް ކުރި ކަމަށާއި އެހެން ނަމަވެސް މިވަގުތު އެއްވެސް ޓީމަކާއެކު މަޝްވަރާ ކުރިޔަށް ނުދާ ކަމަށެވެ. ބޯޑޯގެ މެނޭޖްމަންޓުން ބުނެފައި ވަނީ މިހާތަނަށް އޭނާ ހޯދުމަށް އެއްވެސް ހުށަހެޅުމެއް އައިސްފައި ނުވާ ކަމަށެވެ.

އޭނާ މިހެން ބުނެފައިވާއިރު އުތުރު ލަންޑަނަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ އާސެނަލް އަދި ޓޮޓެންހަމް ހޮޓްސްޕާސްއިން އޭނާ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. އޭނާ ހޯދުމަށް ޖަރުމަނުގެ ބަޔާން މިއުނިކްއިން ވެސް މަސައްކަތް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނި ނަމަވެސް އެ ޓީމުގެ ޗެއާމަން ކާލް ހެއިންޒް ރުމެނިގާ ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ.

މީގެކުރިން ނޫސްވެރިންނާއި ވާހަކަ ދެއްކުމަށް ފަހު މެލްކޮމް ބުނީ އޭނާ އެ ޓީމު ދޫކޮށްލާނެކަން ގެރެންޓީކޮށް ބުނަން ނޭނގޭ ކަމަށާއި އެހެން ކްލަބަކަށް ބަދަލުވިޔަސް އެކަން އެއްވެސް މައްސަލައަކަށް ނުވާނެ ކަމަށެވެ. އޭނާ ބުނީ ބޯޑޯގައި މަޑުކުރަން ޖެހިއްޖެނަމަ އެ ކްލަބްގައި މަޑުވެސް ކުރާނެ ކަމަށެވެ. ހަމައެހެންމެ އޭނާ ބުނީ އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަކީ ކޮންމެ ކުޅުންތެރިޔެއްގެ ވެސް ހުވަފެނެއް ކަމަށާއި ކެރިއަރުގެ ކޮންމެވެސް ހިސާބަކުން އެކަން ހަގީގަތަކަށް ހަދަން ބޭނުންވާ ކަމަށެވެ.

ބޯޑޯގެ ޑިރެކްޓަރު ނިކޮލަސް ޓެވަނޮސްޓް ބުނެފައިވަނީ ސީޒަނުގެ އެންމެ މުހިންމު ބައިގައި އޭނާ އެ ކްލަބް ދޫކޮށް ނުދާނެ ކަމަށާއި އޭނާ އެ ކްލަބްގައި މަޑުކުރާނެ ކަމަށެވެ. އޭނާ ބުނީ އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެނަމަ އޭނާ ވިއްކާލުމަށް ފަސް ނުޖެހޭނެ ކަމަށާއި އެހެން ނަމަވެސް މިވަގުތު އޭނާއަކީ ކްލަބަށް ވަރަށް މުހިންމު ކުޅުންތެރިޔަކަށްވުމާއެކު އޭނާ ނުވިއްކާނެ ކަމަށެވެ.

މެލްކޮމްގެ ޓީމު ކަމަށްވާ ބޯޑޯ އޮތީ ކުޅުނު 33 މެޗުން ލިބުނު 43 ޕޮއިންޓާއެކު ފްރެންޗް ލީގު ތާވަލުގެ 10 ވަނައިގައެވެ. ބްރެޒިލްގެ ކޮރިންތިއަންސްއިން ކެރިއަރު ފެށި މެލްކޮމް ބޯޑޯއަށް ބަދަލުވީ 2016 ވަނަ އަހަރުއެވެ. އެ ޓީމަށް 85 މެޗު ކުޅެދީފައިވާ މެލްކޮމް ވަނީ 19 ލަނޑު އެ ޓީމަށް ޖަހައިދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް