ލ. ގަމުގައި ބަޔަކާއެކު، މަސް ހިފަން ދިޔަ ދޮށީ އުމުގެ މީހަކު މަރުވެއްޖެއެވެ.
އާދިއްތަ ދުވަހުގެ ހެނދުނު މަސް ހިފަން ފަރުމައްޗަށް ގޮސް އުޅެނިކޮށް، ނިޔާވެފައި ވަނީ ގަމު، މަތިމަރަދޫ، މަތިގޭ، އުމުރުން 74 އަހަރުގެ އަޙުމަދު ޒަކަރިއްޔާއެވެ.
ގަމު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝާހީން "ރާއްޖެއެމްވީ"އަށް ވިދާޅުވީ ޒަކަރިއްޔާ މަސް ހިފަން ގޮސް އުޅެނިކޮށް، ހުއްލިއަކަށް ވެއްޓުނު ކަމަށާއި ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައިރު މަރުވެފައިވާ ކަމަށެވެ.
ޝާހީން ވިދާޅުވީ ޒަކަރިއްޔާއަކީ ސިއްހަތު ރަނގަޅު މީހެއް ކަމަށާއި މަސް ހިފަން ދިއުމުގެ ކުރިން ރައްޓެހިންނާއެކު ކޮފީއަށް ވެސް ގޮސް އުޅުނު ކަމަށެވެ.