ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 23:39
ހަސަން ލަތީފް، ރާއްޖެޓީވީގެ
ހަސަން ލަތީފް، ރާއްޖެޓީވީގެ
އަހުމަދު މުހުސިނު
ފަނޑިޔާރުން ހައްޔަރުކުރުން
ސުޕްރީމް ކޯޓުގެ އަމުރަކުން ނޫންގޮތަށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުކޮށްގެން ނުގެންގުޅެވޭނެ: ހަސަން ލަތީފް
 
ހަސަން ލަތީފް ހަވާލާ ދެއްވާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާއަށް
 
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔަރުން ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާފައިވޭ
 
ފަނޑިޔާރުން ބަންދުގައި ބޭތިއްބުން ވާނީ ޤާނޫނާއި ހިލާފު ހައްޔަރަކަށް

ސުޕްރީމް ކޯޓުގެ އަމުރަކުން ނޫންގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުގައި ނުގެންގުޅެވޭނެ ކަމަށާއި، ހައްޔަރުގައި ގެންގުޅޭނަމަ އެވާނީ ޤާނޫނާއި ހިލާފު ހައްޔަރަކަށްކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ޤާނޫނީ ވަކީލް ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ. 

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހައްޔަރާއި ގުޅޭގޮތުން ހަސަން ލަތީފް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަންދުގައި ބޭތިއްބުމަށްޓަކައި ސުޕްރީމް ކޯޓުގެ ބާކީ ތިބި ފަނޑިޔާރުންގެ އަމުރެއް ހޯދުން ލާޒިމްކަމަށެވެ. އަދި އެ އަމުރު ނެތި އުއްތަމަ ފަނޑިޔާރާއި، އަލީ ހަމީދު ބަންދުގައި ބޭތިއްބުންވާނީ ޤާނޫނާއި ހިލާފު ހައްޔަރަކަށްކަމަށް ހަސަން ލަތީފް ވިދާޅުވެފައިވެއެވެ. 

އެޔާއެކު ހަސަން ލަތީފް ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާފަ އެވެ. 

ހަސަން ލަތީފް ހަވާލާދެއްވާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި އެވެ. އެ މާއްދާއަކީ ފަނޑިޔާރުންނަށް ލިބިދޭ އިމްތިޔާޒްތައް ބަޔާންކުރާ މާއްދާ އެވެ. އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ހައްޔަރުކުރަންޖެހެނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްކަމުގައިވާނަމަ އޭނާ ހައްޔަރުކުރެވޭނީ އެ ކޯޓުގެ ބާކީތިބި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކުރާ އަމުރަކުން ކަމަށެވެ. 

މުހިންމު ޤާނޫނީ ނުކުތާއެއް ފާހަގަކުރައްވާ، ހަސަން ލަތީފް ކުރެއްވި ޓުވީޓް ގިނަ ޤާނޫނީ ވަކީލުންތަކެއް ވަނީ ރީޓުވީޓްކުރައްވާފަ އެވެ. 

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. އޭގެފަހުން ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު، ސަސްޕެންޑްކުރި ހުރިހާ ޤާނޫނެއްގެ ސަސްޕެންޝަން ވަނީ އުވިފަ އެވެ. އެހެންކަމުން މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހައްޔަރުގައި ގެންގުޅުމަކީ ޤާނޫނާއި ހިލާފުކަމެކެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
50%
0%
50%
0%
0%
ކޮމެންޓް