ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 19:51
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި
ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި
އަހްމަދު ސާއިފް ޝިޔާދް
ހުއްޓުވާ ހަރަކާތް
ރައީސް ޔާމީން 'ހުއްޓުވާ' ހަރަކާތް ވަރުގަދަ ކުރުމަށް ފިޔޯރީ އެމްޑީޕީ ގޮފިން މަސައްކަތް ފަށައިފި
 
އެމްޑީޕީގެ ބޮޑު ދިދައެއް ވެސް ވަނީ ނަގާފައި

ރައީސް އަބްދުﷲ ޔާމީން ހުއްޓުވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިޔަށްގެންދާ ހަރަކާތް އިތުރަށް ވަރުގަދަ ކުރުމަށް ގދ.ފިޔޯރީ އެމްޑީޕީ ގޮފިން މަސައްކަތް ފަށައިފިއެވެ.

ފިޔޯރީގެ އެމްޑީޕީ ގޮފި ކަމަށްވާ "ގުޑިސަންފާ" ގޮފިން ވަނީ އެ ރަށުގައި ހުންނަ އެމްޑީޕީ ހަރުގޭގައި އިދިކޮޅު ހަރަކާތަށް ތާއިދުކުރައްވާ އެ ރަށު ރައްޔިތުންނާއެކު ހާއްސަ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ނަޝީދު ސަރުކާރުގެ ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ. އަސްލަމް ވަނީ މި ބައްދަލުވުމުގައި ބައިވެރިވި ރައްޔިތުންނާއި މުހާތަބުކޮށް ވާހަކަ ދައްކަވާފައެވެ. މި ބައްދަލުވުމުގައި ވަނީ ހާއްސަ ބޮޑިބަތް ކެއުމުގެ ހަރަކާތެއް ވެސް ކުރިޔަށް ގެންގޮސްފައެވެ.

އެ ގޮފީގެ ފަރާތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި އޮފިޝަލަކު ބުނެފައިވަނީ މި ބައްދަލުވުމަކީ ގުޅިފައިވާ ޕާޓީތަކުން ރައީސް ޔާމީން 'ހުއްޓުވުމަށް' ކުރިޔަށް ގެންދާ މަސައްކަތުގައި ފިޔޯރީގެ ބައިވެރިވުން އިތުރުކޮށް ފިޔޯރީގައި ރައީސް ޔާމީނަށް ތާއިދު ނެތްކަން ހާމަކޮށްދިނުމަށް ހިންގާނެ ހަރަކާތްތަކާ ގުޅޭގޮތުން ހިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. ހަމައެހެންމެ މިއީ އަންނަ ރިޔާސީ އިންތިހާބުގެ ތައްޔާރީތައް ކުރިޔަށް ގެންދިޔުމާމެދު ރައްޔިތުންގެ ހިޔާލުތައް ހުރި ނެތްގޮތް ބެލުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

"ގުޑިސަންފާ" ގޮފިން ބުނެފައިވާ ގޮތުގައި މި ބައްދަލުވުމާއެކު ރައީސް ޔާމީންގެ ސަރުކާރު 'ހުއްޓުވުމަށް' ފިޔޯރީގައި ގިނަ ހަރަކާތްތަކެއް ކުރިޔަށްއޮތް ތަނުގައި ހިންގާނެއެވެ. ހަމައެހެންމެ އެ ގޮފީގެ ޖަގަހަ ހުޅުވުމަށް ހާއްސަ ރަސްމިއްޔާތެއް ވަރަށް އަވަހަށް ބޭއްވިގެންދާނެ ކަމަށް ބުނެފައިވެއެވެ. އެ ގޮފިން މިހާރު ވެސް ވަނީ އެހެން ރަށްރަށެކޭ އެއްގޮތަށް ފިޔޯރީގައި އެމްޑީޕީގެ ބޮޑު ދިދައެއް ނަގާފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
80%
0%
0%
0%
20%
ކޮމެންޓް