ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 18:25
ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ރައީސް އަބްދުﷲ ޔާމިން - މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މާހައުލެއް ނެތްކަމަށް ޖަމީލްވެސް ވިދާޅުވޭ
ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ރައީސް އަބްދުﷲ ޔާމިން - މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މާހައުލެއް ނެތްކަމަށް ޖަމީލްވެސް ވިދާޅުވޭ
ގޫގުލް
ރިޔާސީ އިންތިހާބު 2018
މިނިވަން، އިންސާފުވެރި އިންތިހާބެއް ބޭއްވޭނީ ޖުޑީޝަރީ މިނިވަންވެގެން: ޑރ. ޖަމީލް
 
ހަމައެކަނި ވާހަކަދެއްކުމުގެ ބަދަލުގައި ބައިނަލްއަޤުވާމީ ދުނިޔެއިން އިތުރު ފިޔަވަޅުތައް އަޅަންޖެހޭ
 
މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށާއި، ސިޔާސީ ކުށްވެރި މިނިވަންކުރަން އަމުރުކުރުމުން އުއްތަމަ ފަނޑިޔަރު ވަނީ ޖަލަށްލާފައި

މިނިވަން، ޖުޑީޝަރީއަކާއި، އިލެކްޝަންސް ކޮމިޝަނެއް ނެތި، މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ. 

އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ނުސްވެރިންގެ ބައްދަލުވުމެއްގައި ރިޔާސީ އިންތިހާބު ބޭއްވޭނެ ފަދަ މާހައުލެއް މިވަގުތަށް އެބަ އޮތްކަމަށް އެ ކޮމިޝަންގެ ރައީސް ވަނީ ވިދާޅުވެފަ އެވެ. ކޮމިޝަންގެ ރައީސް އެފަދައިން ވިދާޅުވެފައިވަނިކޮށް، ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބް ރައީސެއްގެ ގޮތުގައި ހުންނެވި ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ނަވާޒް ޝަރީފް އިންތިޚާބުތަކުގައި ވާދަކުރެއްވުން މުޅި އުމުރަށް މަނާކޮށްފައިވާކަމަށެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ، މެމްބަރުކަމުގެ ގޮނޑި ނުގެއްލޭކަމަށް ނިންމުމާއި، ސިޔާސީ ކުށްވެރިން މިނިވަންކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ އުއްތަމަ ފަނޑިޔާރު އަމުރުކުރެއްވުމުން ޖަލަށްލާފައިވާކަމަށް ޖަމީލް ވިދާޅުވި އެވެ. 

އެނާ ވިދާޅުވީ މިނިވަން ޖުޑީޝަރީއަކީ، އިލެކްޝަންސް ކޮމިޝަން ނެތި، މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެކަމަށެވެ. އަދި ހަމައެކަނި ވާހަކަދެއްކުމުގެ ބަދަލުގައި ބައިނަލްއަޤުވާމީ ދުނިޔެއިން އިތުރު ފިޔަވަޅުތައް އަޅަންޖެހޭކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. 

މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މާހައުލު އޮތްކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނިނަމަވެސް، ޕާޓީތަކުންނާއި، ސިޔާސީ ލީޑަރުން ވިދާޅުވަމުންގެންދަވަނީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މާހައުލެއް ނެތްކަމަށެވެ. އަދި އެންމެފަހުން އިލެކްޝަންސް ކޮމިޝަނަށް އައްޔަނުކުރެއްވި ޕީޕީއެމްގެ އެކްޓިވިސްޓާއެކު މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމުގެ މާހައުލު އެއްކޮށް ގެއްލިފައިވާކަމަށް ޕާޓީތަކުން ބުނެ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
0%
100%
0%
0%
0%
0%
ކޮމެންޓް