ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 14:37
އޮލިމްޕަސް
އޮލިމްޕަސް
ރާއްޖެ އެމްވީ
އޮލިމްޕަސް
އޮލިމްޕަސް ކުށްޔަށް ދޭ އަގު ހެޔޮކޮށްފި
 
މިހާރު އެތަން ދޫކުރާނީ ކޮންމެ ޝޯއަކަށް 2000ރ. އަށް

އޮލިމްޕަސް ކުށްޔަށް ދޭ އަގު 50 ޕަސެންޓަށް ހެޔޮކޮށްފިއެވެ.

ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ސިނަމާ، އޮލިމްޕަސް ހިންގުމާ, ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން ހަވާލު ވުމަށް ފަހު އަގުހެޔޮ ކޮށްފައި ވަނީ ބުރާސްފަތި ދުވަހުގައެވެ. 

ޕީއެސްއެމް އިން ނެރުނު ބަޔާނުގައި ބުނީ ޝޯތަކާއި ފިލުމު އެޅުވުމަށް މިހާރު އޮލިމްޕަސް ދޫކުރަނީ ކޮންމެ ޝޯއަކަށް 4000ރ. އަށް ކަމަށާއި ނަމަވެސް އަންނަ ހަފްތާއިން ފެށިގެން އެތަން ދޫކުރަނީ 50 ޕަސަންޓް އަގު ހެޔޮކޮށް 2000ރ. އަށް ކަމަށެވެ. 

އެބަޔާނުގައި ބުނެފައިވަނީ އޮލިމްޕަހުގެ އެތެރެ މިހާރު ހުރީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށާއި ޒަމާނީ ފެންވަރުގައި ފިލުމް ދެއްކުމަށް ބޭނުން ކުރާ ޕްރޮޖެކްޓަރު ހަލާކުވެފައި ހުރުމުން، އާ ތަކެއްޗާއި ސައުންޑް ސިސްޓަމް ޒަމާނީ ފެންވަރަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޒުވާނުންނަށް ހާއްސަ ވަސީލަތްތައް ތަނަވަސްކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ބުނެފައި ވެއެވެ. 

ޕީއެސްއެމްއިން އޮލިމްޕަސް ހިންގުމާ ހަވާލުވެފައި ވަނީ މިމަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

އޮލިމްޕަސް ހުޅުވާފައި ވަނީ 1959 ވަނަ އަަހރުގެ މޭ މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޮލިމްޕަސް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބޮޑު ބަދަލަކާ އެކު އަލުން ހުޅުވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ ވެރިކަމުގައި 01 މާރޗް 2013 ގައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް