ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 13:04
އެސްއޯގެ ކޮމާންޑަރަކަށް އައްޔަން ކުރި މަތީން (މ)
އެސްއޯގެ ކޮމާންޑަރަކަށް އައްޔަން ކުރި މަތީން (މ)
ޓްވިޓަރ
ފުލުހުންގެ ޚިދުމަތް
ޓްރެފިކް ޕޮލިހުގެ ކޮމާންޑަރު އެސްއޯގެ ކޮމާންޑަރުގެ މަގާމަށް
 
އެސްއޯގެ ކޮމާންޑަރު ބަދަލު ކުރީ ކަސްޓޯޑިއަލްއަށް

ފުލުހުންގެ ޓްރެފިކް ޕޮލިހުގެ ކޮމާންޑަރަކަށް ހުންނެވި ޗީފް އިންސްޕެކްޓަރ އަބްދުލް މަތީން އަބްދުލް ކަރީމް، ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ)ގެ ކޮމާންޑަރަކަށް ބަދަލުކޮށްފިއެވެ.

އެސްއޯގެ ކޮމާންޑަރަކަށް ހުންނެވި އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް މުހައްމަދު އެ މަގާމުން ވަކިކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. އޭނާ އެ މަގާމުން ވަކިކުރުމަށް ފަހު ފުލުހުންގެ ކަސްޓޯޑިއަލް ހިންގެވުން ވަނީ ހަވާލު ކުރައްވާފައެވެ. އެ ބަދަލު ގެންނެވީ އެކްޓިން ޕޮލިސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ޑެޕިއުޓީ ކަމިޝަނަރު އަބްދުﷲ ނަވާޒެވެ.

އެސްއޯގެ ކޮމާންޑަރު ކަމުން ވަކިކުރި އިބްރާހިމް މުހައްމަދު އެ މަގާމުން މީގެ ކުރިން ވެސް ވަކިކޮށްފައިވެއެވެ. ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރާއެކު، އިބްރާހިމް އެ މަގާމުން ވަކިކުރިއެވެ. އަދި އޭރުގެ ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) އަހުމަދު އަރީފު އެންގެވުމަށް އެސްއޯގެ ކޮމާންޑަރުކަން ދެއްވީ ސްވޮޓްގެ ކުރީގެ ކޮމާންޑަރު ހުސައިން ސައިފަށެވެ. ސީޕީގެ މަގާމުން އަރީފު ވަކިކުރުމާ އެކު، އިބްރާހިމަށް އަނެއްކާ ވެސް އެ މަގާމު ދިނެވެ.

ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި ނެރުނު އަމުރާ އެކު، ފުލުހުންގެ އެތެރޭގެ އޮނިގަނޑަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެެނެސްފައެވެ. އެ ބަދަލުތަކާއެކު، ބައެއް ބޭފުޅުން މަގާމުތަކުން ވަކިކޮށް، ބައެއް ފުލުހުން ހައްޔަރުކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
100%
ކޮމެންޓް