ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 11:29
ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި އައިޖީއެމްއެޗް ކައިރީގައި ފެންބޮޑުވެފައި
ބޯކޮށް ވާރޭ ވެހުނު ދުވަހެއްގައި އައިޖީއެމްއެޗް ކައިރީގައި ފެންބޮޑުވެފައި
މުހައްމަދު ޝަރުހާން
މެޓް އޮފީސް
ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް
 
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އިއްޔެއިން ފެށިގެން ދަނީ ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހެމުން

ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއް ރަށްތަކަށް ގުގުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް މޯލްޑިވްސް މީޓްރިއޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ ވައިޖެހޭނީ އާއްމު ގޮތެއްގައި މަޑުން، ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބުރާސްފަތި ދުވަހުން ފެށިގެން ދަނީ ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހެމުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް