ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 11:08
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފު
އިލެކްޝަންސް ކޮމިޝަންގެ ރައީސް ޝަރީފު
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކޮމިޝަން
ޕާޓީތަކުގެ ޕްރައިމަރީ އީސީގެ ބެލުމުގެ ދަށުން ބާއްވާ އިސްލާހު ހުށަހަޅަނީ
 
ރެގިއުލޭޓް ކުރުމުގެ ގާނޫނީ ބާރު ބޭނުންވާ ކަމަށް ވިދާޅުވި
 
ލަގަން ނެތި ޕާޓީތައް ދޫނުކޮށްލާނަން: ޝަރީފު
 
ކައުންސިލާއި އާންމު ޖަލްސާތައް މޮނީޓާކުރުމުގެ ބާރު ވެސް އީސީއަށް

ސިޔާސީ ޕާޓީތަކުން އާންމު އިންތިހާބުތަކަށް ކެންޑިޑޭޓުން ނެރުމަށް ބާއްވާ ޕްރައިމަރީތައް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ބެލުމުގެ ދަށުން ކުރިއަށް ގެންދަންޖެހޭ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށާހަޅަން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުރާސްފަތި ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު އާދަމް ވިދާޅުވީ ޕާޓީތައް ރެގިއުލޭޓް ކުރުމުގެ ގާނޫނީ ބާރު އިލެކްޝަންސް ކޮމިޝަނަށް ހޯދުމުގެ ގޮތުން، ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އެގޮތުން ޕާޓީތަކުގެ ޕްރައިމަރީތަކާއި ކައުންސިލް ބައްދަލުވުންތަކާއި އާންމު ޖަލްސާތަކާއި މޮނީޓާކޮށް، ރެގިއުލޭޓް ކުރެވޭނެ ގާނޫނީ ބާރު ހޯދުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފައިވާ ކަމަށެވެ.

"މިފަހަރު އަޅުގަނޑުމެން އިސްލާހު ކުރާއިރުގައި އިލެކްޝަންސް ކޮމިޝަނަށް އެ ބާރު ލިބިގެންވާކަން އަޅުގަނޑުމެން ހިމަނާނަން. މައިގަނޑު ގޮތެއްގައި ޕާޓީ ރެގިއުލޭޓް ކުރުމަށްޓަކައި ޕާޓީގެ ޖަލްސާތަކާއި ޕާޓީގެ މެމްބާޝިޕާއި ޕާޓީގެ ކައުންސިލާއި ޕާޓީގެ ޕްރައިމަރީ އާއި މި ހުރިހާ ކަމެއް އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން، ވާހަކައަކީ ރެގިއުލޭޓް ކުރުމުގެ ނުވަތަ އޮބްޒާވް ކުރުމުގެ ފުރުސަތު ލިބޭ ކަހަލަ ގޮތަކަށް އަޅުގަނޑުމެން މިފަހަރު ޕާޓީތަކުގެ ގާނޫނު މިފަހަރު އިތުރަށް ބައްޓަން ކުރާނީ،" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ސިޔާސީ ޕާޓީތަކަކީ "ލަގަނެއް ނެތް އަހެއް ދޫކޮށްލާ" އުސޫލުން ބޭނުން ދިމާލަކަށް ދެވެން އޮންނަ ގޮތަކަށް ޕާޓީތައް ދިއުމުގެ ފުރުސަތު އެ ކޮމިޝަނުން ނުދޭނެ ކަމަށެވެ. އެހެންވިޔަ ނުދިނުމަށްޓަކާ ގާނޫނަށް ގެންނަ އިސްލާހުގެ ދަށުން، ގަވާއިދުތައް ހަދައިގެން ވަރަށް އަވަހަށް ޕާޓީތައް ރެގިއުލޭޓް ކުރެވޭނެ ހަރުދަނާ އުސޫލެއް އިލެކްޝަންސް ކޮމިޝަނުން ގާއިމު ކުރާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

"މިހާރު އިލެކްޝަންސް ކޮމިޝަންގައި ޕާޓީތައް ރެގިއުލޭޓް ކުރެވޭނެ ގާނޫނީ މެކޭނިޒަމެއް ނެތް. ގާނޫނީ މެކޭނިޒަމެއް ނެތުމުގެ ސަބަބުން، އެ ގާނޫނީ މެކޭނިޒަމް އުފެއްދުމަށްޓަކައި ޕްރޮޕޯޒް މި ކުރަނީ. އަޅުގަނޑުމެން އެއްވެސް ހާލަތެއްގައި ސިޔާސީ ޕާޓީތައް ލަގަނެއް ނެތް އަހެއް ދޫކޮށްލާފައި އޮންނަ ފަދައިން ބޭނުން ދިމާލަކަށް ގޮސް ދޫކޮށްލަން އަޅުގަނޑުމެން ގަބޫލެއް ނޫން،" ޕީއޭގެ ސެކަރެޓަރީ ޖެނަރަލްގެ މަގާމާއި ތިމަރަފުށީ ދާއިރާގެ މެމްބަރު ކަން ވެސް ކުރެއްވި ޝަރީފު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިހާރު އޮތީ ހަ ޕާޓީއެވެ. އެއީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އާއި އަދާލު ޕާޓީ އާއި ޑީއާރްޕީގެ އިތުރުން އެމްޑީއޭއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
100%
0%
0%
ކޮމެންޓް
13 އޭޕްރިލް 2018 | ހުކުރު 10:47
މޮހޮދު
މިއިސްލާހައް ހުށަހަޅަންޖެހޭ އިލެކްޝަން މެމްބަރުންގެ ރައީސް ހިމެނޭޕާރޓީނޫން އެހެން އެއްވެސް ޕާރޓީއެއް ރާއްޖޭގެ އޮވެގެން ނުވާނެކަމައް.