ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 09:00
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު
މުހައްމަދު ޝަރުހާން
ގުޅިފައިވާ ސިޔާސީ ހަރަކާތްތައް
ރައްޔިތުންނަށް ނުހައްގުން އަނިޔާ ކުރާ އިރު މަޑަކުން ނުތިބޭނަން: ފަލާހު
 
ތަރައްގީގެ ނަމުގައި ހިންގަނީ އަމިއްލަ ޖީބަށް ފައިދާވާ މަޝްރޫއުތައް
 
ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތްތަކަށް ތަކުރާރުކޮށް ދަނީ އަނިޔާކުރަމުން

ރާއްޖޭގެ ރައްޔިތުންނަށް ނުހައްގުން ބޮޑެތި އަދަބުތައް ދެމުންދާ ކަމަށާއި މިކަންކަން ހައްލު ކުރުމަށް އަޑު އުފުލައި ކުރިއަށް ވުރެ ބޮޑަށް މަސައްކަތްތައް ކުރާނޭ ކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން އިސްލާހަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެހެން ނަމަވެސް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތްތައް އެއް ދުވަހުން އަނެއް ދުވަހަށް ވަރުގަދަ ވެފައިވާ ކަމަށެވެ. މިދިޔަ މަހުގެ 16 ވަނަ ދުވަހު ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއްވުމެއް ބޭއްވި ކަމަށާއި އެ އެއްވުމުގައި 200 އަށް ވުރެ ގިނަ ފަރާތްތަކުން ހައްޔަރުކޮށް ލާއިންސާނީ އެތަށް އަމަލެއް ހިންގިކަން އޭނާ ފާހަގަކުރެއްވިއެވެ.

"ދިވެހި ރާއްޖޭގެ ރައްޔިތުންނަށް މިހާ ބޮޑު އަނިޔާއެއް ދެމުންގެންދާ އިރު ރާއްޖޭގެ ގާނޫނު އަސާސީން އައްޔަންކޮށްފައިވާ ކޮމިޝަންތައް ވީތަނެއް އަޅުގަނޑުމެންނަކަށް ނޭނގެ. އަޅުގަނޑުމެންނަށް ފެނިގެން މިދަނީ ޖަލުތަކުގައި އަނިޔާ ކުރެވިގެންދާ އިރު އެކޮމިޝަންތަކުން މަޑުން ތިބޭ މަންޒަރު. މިއީ ވަރަށް ދެރަކޮށް ހިނގާ ކަންކަން،" ފަލާހު ވިދާޅުވި އެވެ.

 ފަލާހު ވިދާޅުވީ، ތަރައްގީގެ ނަމުގައި އެކި ފަރާތްތަކަށް ނާޖައިޒް ފައިދާތަކެއް ލިބޭ ގޮތަށް ތަފާތު އެކި ޕްރޮޖެކްޓްތައް ހިންގަމުންދާ ކަމަށެވެ. ނަމަވެސް ތަރައްގީގެ ނަމުގައި ހިންގަނީ އަމިއްލަ ޖީބަށް ފައިސާ ވަންނަ މަޝްރޫއުތައް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ޕާޓީތަކުގެ އިސްވެރިންނާއި ފަނޑިޔާރުން ހައްޔަރު ކޮށްގެން ގާނޫނާ ހިލާފު އެތައް ކަމެއް ސަރުކާރުން ހިންގާކަމީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް