ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 09:04
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން
ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން
މުހައްމަދު ޝަރުހާން
ސިޔާސީ ޕާޓީތަކުގެ ޖަލްސާ
ރަސްގެފާނެއް ބޭނުމެއް ނޫން، ބޭނުންވަނީ ރައްޔިތުންނާ އެކީގައި މަސައްކަތް ކުރެވޭނެ ވެރިއެއް: ސައުދު
 
ގާނޫނު އަސާސީގައި ލިބިދީފައިވާ ބާރު ވަނީ ހިފެހެއްޓިފައި

ރާއްޖޭގެ ވެރިކަމަށް ރަސްގެފާނެއް ބޭނުން ނުވާ ކަމަށާއި ރައްޔިތުން މިއަދު ބޭނުންވަނީ ރައްޔިތުން ކައިރިއަށް ގޮސް އެކީގައި މަސައްކަތް ކުރެވޭނެ ވެރިއެއް ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެމްޑީޕީ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސައުދު ވިދާޅުވީ، 2008 ވަނަ އަހަރު ގެނެވުނު ގާނޫނު އަސާސީން ރައްޔިތުންނަށް ގިނަ ބާރުތަކެއް ދެވިފައިވާ ކަމަށާއި އެހެންނަމަވެސް މިއަދު އެ ބާރުތައް ހިފެހެއްޓިފައިވާ ކަމަށެވެ. މިއީ ހިތާމަކުރާ ކަމެއް ކަމަށާއި ޑިމޮކްރަސީގެ ރީތި އުސޫލްތައް މިސަރުކާރުން ދޫކޮށްލަމުންދާ ކަމަށް ސައުދު ވިދާޅުވިއެވެ.

"ދިވެހި ތާރީހުގައި މިފަދަ ގޮތަކަށް ވެރިކަން ބަދަލުވެގެން އައީ ދެ ފަހަރެއްގައި. އެންމެ ފުރަތަމަ ވެރިކަން ބަދަލުވެގެން އައީ ސުމުއްވުލް އަމީރު ދޮށިމެނާ ކިލޭގެފާނު. ރައްޔިތުން އެދޭ ގޮތަށް ވެރިކަން ކުރުމަށްޓަކާއި އެމަނިކުފާނު ގިނަ މަސައްކަތްތަކެއް ކުރެއްވި. ދެން ވެރިކަން ބަދަލުވީ 2008 އަހަރު ވެރިކަމަށް ވަޑައިގެން ކުރީގެ ރައީސް މުހައްމަދު ނޝީދުގެ،" ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ، ދައުލަތުގެ ތެރެއިން ރަސްކަމުގެ ސަގާފަތެއް ގާއިމް ކުރުމަށް ބާރު އަޅާ ފަރާތްތަކަކީ ނުހައްގުން ދައުލަތުގެ ފައިސާ ބޭނުންކުރާ ފަރާތްތައް ކަމަށާއި އެއީ ރައްޔިތުންނަށް އަނިޔާވެރިވާ ފަރާތްތައް ކަމަށެވެ. ވެރިކަމުގެ ދަހިވަތިކަމުގައި ވެރިކަން، ރަސްކަމަކަށް ބަދަލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު މިކަން ހުއްޓުވުމަށް ރައްޔިތުން އެކުގައި މަސައްކަތް ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް
13 އޭޕްރިލް 2018 | ހުކުރު 05:26
ކޮލެޖް ބޯއީ
ސައުދަށް ތާރީޚު ވަރަށް ނޭގޭތާ. ފުރަތަމަ ޖުމުހޫރިއްޔާގެ ގާނޫނު އަސާސީ ބައްޅަވާ ޅައްވާ