ކ. މާލެ
|
13 އޭޕްރިލް 2018 | ހުކުރު 08:02
ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯ ތައާރަފް ކުރުން
ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯ ތައާރަފް ކުރުން
ފާތިމަތު ޝަނާ މުހައްމަދު
ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯ
ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯ އިފްތިތާހުކޮށްފި
 
ސިޔާސަތުތައް އެކުލަވާލައި ފަރާތްތަކަށް ޕްރެޝަރ ކުރެވޭނެ
 
މިއީ ޖިންސީ ތަފާތު ކުރުންތައް ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކެއް

ވިމެން އެންޑް ޑިމޮކްރަސީގެ ފަރާތުން ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯ އެއް އިފްތިތާހުކޮށްފި އެވެ.

ސޯލްޓް ކެފޭގައި ކުރިއަށް ދިޔަ މި ރަސްމިޔާތުގައި ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯ އިފްތިތާހުކޮށްދެއްވީ ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު އެވެ.

ޖެންޑަރ އީކުއަލިޓީ މެނިފެސްޓޯއާއި ގުޅޭ ގޮތުން ވިމެން އެންޑް ޑިމޮކްރަސީގެ ނައިބު ރައީސް އަރީޖު ހުސައިން ވިދާޅުވީ، މިފަދަ މެނިފެސްޓޯއެއް އެކުލަވާލުމުގެ ބޭނުމަކީ ޖިންސީ ތަފާތު ކުރުންތައް ނައްތާލުމުގައި ސިޔާސީ ފަރާތްތަކުގެ ސަމާލުކަން ހޯދާ ކުރިއަށް އޮތްތަނުގައި ސިޔާސަތުތައް އުފައްދާ އަދި ގާނޫނުތަކަށް ބަދަލު ގެންނަ އިރު މިކަމަށް ރިޔާއަތް ކުރުމަށް ޕްރެޝަރ ކުރުން ކަމަށެވެ.

އަރީޖު ވިދާޅުވީ، މިފާއިތުވެދިޔަ އަހަރު ތަކުގައި އިންތިހާބުތަކުގެ މެނިފެސްޓޯތަކުގައި ޖިންސީ ތަފާތު ކުރުންތަކަށް އަލިއަޅުވާލާފައި ވަނީ ވަރަށް ކުޑަ މިންވަރަށް ކަމަށާއި ރާއްޖޭގެ ހާލަތާއި ޖިންސީ ތަފާތުކުރުންތައް ނައްތާލުމުގައި އަމަލު ކުރާނެ އުސޫލުތަކަށް އެހާ އިސްކަމެއް ނުދޭ ކަމަށެވެ.

މި މެނިފެސްޓޯގައި އަށް ވައުދެއް ވަނީ ހިމަނާފަ އެވެ. އެގޮތުން އަންހެނުން ބާރުވެރިކުރުމަށް ބާރު އެޅުމާއި އަންހެނުން ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ދިމާވާ ދަތިތައް ހައްލު ކުރުމާއި އަންހެންނަށް ކުރާ އަނިޔާ އާއި ފުރައްސާރަ ހުއްޓުވުމަށް ކުރެވޭނެ ކަންކަން ވަނީ ހިމަނާފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
0%
100%
0%
0%
0%
0%
ކޮމެންޓް