ފޮޓޯ ޢާއމުކޮށްގެން ފުލުހުން މީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ލ.ދަނބިދޫ، ދިލްޝާދުގެ، ޢަލީ ނަޞީރު (28އ) އެވެ.
ފުލުހުން ބުނީ ޢަލީ ނަޞީރު އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭ ކަމަށެވެ.
މިމާހާ ހޯދާ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.