ކ. މާލެ
|
12 އޭޕްރިލް 2018 | ބުރާސްފަތި 18:31
ސިފައިންގެ ބިލިއާޑް ޓީމް
ސިފައިންގެ ބިލިއާޑް ޓީމް
އަހްމަދު ސާއިފް ޝިޔާދް
އިންޓަ އޮފީސް ބިލިއާޑް
އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ސިފައިން ހޯދައިފި
ޓީމު އިވެންޓުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދީ ފައިނަލުގައި ވިލާ އެއާގެ މައްޗަށް ކުރި ހޯދައިގެން

ހަވަނަ އިންޓަ އޮފީސް ބިލިއާޑް މުބާރާތުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބްއިން ހޯދައިފިއެވެ.

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްބީޕީއޭ) އިން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ޓީމު އިވެންޓުގެ ޗެމްޕިއަންކަން ދިވެހި ސިފައިންގެ ކްލަބް ހޯދީ ފައިނަލުގައި ވިލާ އެއާގެ މައްޗަށް ކުރި ހޯދައިގެންނެވެ. މުބާރާތުގެ ޓީމް އިވެންޓުގެ ތިންވަނަ ހޯދީ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް (ސީއާރްސީ) އެވެ. ދިވެހި ސިފައިންގެ ކްލަބް ފައިނަލަށް ދަތުރުކުރީ ސީއާރްސީ ބަލިކުރުމަށްފަހުއެވެ. ހަމައެހެންމެ ވިލާ އެއާ ފައިނަލަށް ދަތުރުކުރީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ބަލިކޮށްގެންނެވެ.

މި މުބާރާތުގެ ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އެމްޕީއެލްގެ އަބްދުﷲ އަފީފްއެވެ. އޭނާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ރައީސް އޮފީހުގެ އަހުމަދު ނަފީލްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ސިންގަލްސް އިވެންޓުގެ ތިންވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބްގެ ފަތުހުﷲ ޖަމީލްއެވެ.

އިންޓަ އޮފީސް ބިލިއާޑް މުބާރާތުގައި މިފަހަރު ވާދަކުރި ޓީމް ތަކަކީ ސްޓެލްކޯ އާއި ޑީއެސްސީ އާއި އެމްޕީއެލް އާއި ސީއާރްސީ އާއި އެމްއޭސީއެލް އާއި އެމްއައިބީ އާއި
އެމްޓީސީސީ އާއި ޕީއޯ އާއި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް އާއި ބީއެމްއެލް އާއި ޓީއެމްއޭ އަދި ވިލާ އެއާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް