ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެއް ކެނޑިޑޭޓަކު ނެރުމަށް ގުޅިފައިވާ ޕާޓީތަކުން އެއްބަސްވާ ކަމަށް އެ އިއްތިހާދުގެ އެއް ލީޑަރ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީތެއްގައި ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެއީ މިނިވަން އިންސާފްވެރި އިންތިޚާބަކަށް ހެދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ގުޅިފައިވާ ޕާޓީތަކުން ކުރާނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން އެއް ކެނޑިޑޭޓަކު ނެރުމަށް ޕާޓީތައް އެއްބަސްވާ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ "އަޅުގަނޑުމެން ރައީސް ޔާމީން ބަލިކުރާނެ" ކަމަށެވެ.
Kuriah oiy riyaasee inthikhaab e ee,minivan adhi insaafveri inthikhaab akah hedhumah kureven huri hurihaa masakkatheh Guhlifaivaa Party thakun kuraane. Gulhifaivaa Party thakun eh candidate nerumah party thah ebbasvey. Alhugadumen Raees Yameen balikuraane.
— Mohamed Nasheed (@MohamedNasheed) April 12, 2018
ރައީސް ނަޝީދު މިމޭރުމުން ވިދާޅުވެފައި މިވަނީ އިދިކޮޅު ފަރާތްތަކަށް އެއް ކެނޑިޑޭޓަކު ނުނެރެވޭނެ ކަމަށް ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ވިދާޅުވަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާމެދު ގުޅިފައިވާ ޕާޓީތަކުން ވަރަށް ބޮޑަށް ސުވާލު އުފައްދަވާފައިވާ ދަނޑިވަޅެއްގައެވެ.