ކ. މާލެ
|
12 އޭޕްރިލް 2018 | ބުރާސްފަތި 14:44
އެމްބެސެޑަރ ޑޯރިސް ރައީސް ޔާމީނާއިއެކު
އެމްބެސެޑަރ ޑޯރިސް ރައީސް ޔާމީނާއިއެކު
ރައީސް އޮފީސް
އިންސަނީ ޙައްޤުތައް
ޝަރުއީ މައްސަލަތަކަށް ސިޔާސީ މީހުން ނުފޫޒުފޯރުވައިގެން ނުވާނެ: ޖޭމްސް ޑޯރިސް
ޤައިދީންގެ ޙައްޤުތަކަށް އިޚުތިރާމުކުރުމަށް ގޮވާލެއްވި

ޝަރުއީ ދާއިރާއަށާއި، ހިނގަމުންދާ ޝަރީޢަތްތަކަށް ސިޔާސީ ފަރާތްތަކުން ނުފޫޒު ނުފޯރުވުމަށް އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖޭމްސް ޑޯރިސް ގޮވާލައްވައިފިއެވެ.

ޝަރުއީ ދާއިރާއަށާއި، ހިނގަމުންދާ ޝަރީޢަތްތަކަށް ސިޔާސީ ފަރާތްތަކުން ނުފޫޒު ނުފޯރުވުމަށް ގޮވާލައްވާ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައި ޑޯރިސް ވިދާޅުވީ އެކަން އެގޮތަށް ކުރަންޖެހެނީ އެންމެހާ ދިވެހި ރައްޔިތުންގެ ޙައްޤުގައި ކަމަށެވެ.

މި ޓްވީޓްގައި ޑޯރިސް އިތުރަށް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ސިޔާސީ އެކި ފަރަތްތަކާއި، އެހެންވެސް ފަރާތްތައް ހައްޔަރުކޮށް ޖަލަށްލައި، އެފަރާތްތަކުގެ މައްޗަށް ދައުވާ ކުރަމުންދާއިރު، މި ދަނޑިވަޅުގައި ޤައިދީންގެ ޙައްޤުތަކަށް އިޚުތިރާމުކޮށް، އެ ޙައްޤުތައް ކަށަވަރުކޮށްދިނުމަކީ މުހިއްމު ކަމެއް ކަމަށް ދެކިލައްވާ ކަމަށެވެ.

ޑޯރިސް މިފަދައިން ވިދާޅުވިއިރު، މި ސަރުކާރުން ދަނީ އުއްތަމަ ފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ އިތުރު ފަނޑިޔާރަކާއި، ކުރީގެ ރައީސަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ އިތުރުން ވެސް އެތައް ބަޔަކު ޖަލު ގޮޅީގައި ގެންގުޅެމުންނެވެ. އެ ހުރިހާ ފަރާތްތަކުން ވެސް ދަނީ އެފަރާތްތަކަށް ޤާނޫނީ ގޮތުން ލިބެންޖެހޭ، ނަމަވެސް، ލިބެމުން ނުދާ އެތައް ޙައްޤުތަކަކާއި، ބަންދުގައި ތިބޭއިރު ލިބެމުންދާ އަނިޔާތަކުގެ ވާހަކަ ކަމާއި ބެހޭ މުއައްސަސާތަކާއި ހިއްސާ ކުރުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެފަރާތްތަކުން ފާހަގަކުރާ ގޮތުގައި އެފަރާތްތަކުގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް އެ މުއައްސަސާތަކުން ދެނީ ބީރު ކަންފަތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް