ކ. މާލެ
|
12 އޭޕްރިލް 2018 | ބުރާސްފަތި 11:33
ހުވަދޫ މަސްވެރިންތަކެއް ކޫއްޑޫއަށް މަސް ކިރަނީ
ހުވަދޫ މަސްވެރިންތަކެއް ކޫއްޑޫއަށް މަސް ކިރަނީ
ޙުސައިން ޙަސަން
‏ކޫއްޑޫ މަސް ކާރުހާނާ
ކޫއްޑޫއަށް މަސް ކިރުވާ ދޯނިތަކަށް ފައިސާ ނުދޭ މައްސަލަ ބޮޑުވެއްޖެ
ދޯނިތަކަށް ފައިސާ ދޫކުރަން ފަށައިފިން: މިފްކޯ
ފައިސާ ދޫނުކުރާތީ ދައްޗާ ކުރިމަތިވަމުންދޭ: މަސްވެރިން
މިދިޔަ އަހަރު ވެސް މި މައްސަލަ ދިމާވި

މިފްކޯގެ މަސް ކާރުހާނާ، ކޫއްޑޫއަށް މަސް ކިރުވި ބައެއް ދޯނިތަކަށް ފައިސާ ނުދޭތީ މަސްވެރިންގެ ޝަކުވާ ބޮޑުވެއްޖެއެވެ.

"ރާއްޖެއެމްވީ"އާ ވާހަކަ ދެއްކި މަސްވެރިން ބުނީ ކޫއްޑޫއަށް ކިރުވާ މަހަށް ފައިސާ ނުދޭތާ ހަފްތާއެއްހާ ދުވަސްވެދާނެ ކަމަށެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު ކޫއްޑޫއަށް މަސް ކިރުވި ދޯނިތަކަށް އަދިވެސް ފައިސާ ނުދޭ ކަމަށް މަސްވެރިން ބުންޏެވެ. 

މިދިޔަ ހޮނިހިރު ދުވަހަކީ ރާއްޖޭގެ ދެކުނަށް ރެކޯޑު އަދަދަކަށް މަސް ބޭނި ދުވަހެވެ. އެ ދުވަހުން ފެށިގެން، ކޫއްޑޫއަށް ކިރުވާ މަހުގެ ފައިސާ ބައެއް ދޯނިތަކަށް ނުލިބޭތީ، ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް ވެސް މަސްވެރިން ބުންޏެވެ.

މަސްވެރިން ބުނީ އާދަޔާ ހިލާފަށް ރާއްޖޭގެ ދެކުނަށް މަސްވެރިކަން ރަނގަޅުވެފައިވުމުން، ދޯނިތަކުން ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާ ކަމަށާއި މިފްކޯއިން މަސްވެރިންގެ ފައިސާ ދޫނުކުރާ ސަބަބެއް ވެސް އެ ކުންފުނިން ނުބުނާ ކަމަށެވެ.

މަސްކިރުވުމަށް ކޫއްޑޫ ބަނދަރުގައި ދޯނިތައް ކިއުގައި

މަސްވެރިންގެ އެ ޝަކުވާތަކާ ގުޅިގެން، މިފްކޯގެ ސީއޯއޯ ރަމްޒީ އަބޫބަކުރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ކުއްލިއަކަށް މަސްވެރިކަން ރަނގަޅުވުމުން، އެހާ ގިނަ އަދަދެއްގެ ފައިސާ އެއްފަހަރާ ދޫކުރަން ދަތިތަކާ ކުރިމަތިވީ ކަމަށެވެ. އޭނާ ވިދާޅުވީ ފައިސާ ދޫނުކުރެވިވާ ދޯނިތަކަށް ބުދަ ދުވަހުން ފެށިގެން ފައިސާ ދޫކުރަމުންދާ ކަމަށެވެ.

މިފްކޯގެ އުޅަނދުތަކަށާއި މަސް ފެކްޓްރީތަކަށް ކިރުވާ މަހަށް ފައިސާ ނުދީ މަސްވެރިންނަށް ހަމައެކަނި ބިލު ކުރާ މައްސަލަ މިދިޔަ އަހަރު ވެސް ބޮޑުވެގެންދިޔައެވެ. އެފަހަރު މިފްކޯއިން ބުނެފައި ވަނީ އެގޮތަށް އަމަލު ކުރަންޖެހުނީ އެ ކުންފިނީގެ މާލީ ހާލަތާ ގުޅިގެން ކަމަށެވެ. މިފްކޯއަށް މިއަހަރު 25 އަހަރު ފުރޭއިރު، އެ ކުންފުންޏަކީ މިހާރު އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
12 އޭޕްރިލް 2018 | ބުރާސްފަތި 10:59
މަސްކިރަންދެވޭތޯބަލާތި
ފައިސާނުދިނަސް މަސްކިރަންދެވޭތޯބަލާތި