ކ. މާލެ
|
11 އޭޕްރިލް 2018 | ބުދަ 19:44
ފުލުހުން ހޯދަމުންދާ ދެމީހުން: ކ.ވ:ޢަރަފާތު އަޙްމަދުފުޅު - އަޙްމަދު ނާޡިމް
ފުލުހުން ހޯދަމުންދާ ދެމީހުން: ކ.ވ:ޢަރަފާތު އަޙްމަދުފުޅު - އަޙްމަދު ނާޡިމް
ޕޮލިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފޮޓޯ އާއްމުކޮށްގެން ދެމީހަކު ހޯދަނީ
ދެމީހުންވެސް ހޯދަނީ ރ މަޑުއްވަރީ ކޯޓަށް ހާޒިރު ކުރުމަށް
ޢަރަފާތު ހޯދަމުންދަނީ ދަޢުލަތުން ދަޢުވާކުރާ ކެނަބިހުގެ މުޢާމަލާތްކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން،
އަޙްމަދު ނާޡިމް ޙޯދަމުންދަނީ ދަޢުލަތުން ދަޢުވާކުރާ ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން

ރ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ޙާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން އެ ދެމީހުންގެ ފޮޓޯ ޢާއްމުކޮށްގެން  ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ރ.މަޑުއްވަރީ، ފިނިރޯޅި، ޢަރަފާތު އަޙްމަދުފުޅު (31އ) އާއި ރ.މަޑުއްވަރީ، ފުއްޓަރު، އަޙްމަދު ނާޡިމް (22އ) އެވެ.

މި ދެމީހުންގެ ތެރެއިން ޢަރަފާތު އަޙްމަދުފުޅު ހޯދަމުންދަނީ ދަޢުލަތުން ދަޢުވާކުރާ ކެނަބިހުގެ މުޢާމަލާތްކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން، ރ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމަށް ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން އޭޕްރީލް މަހުގެ 16 ވަނަ ދުވަހުގެ 13:30 އަށް ރ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

އަދި  އަޙްމަދު ނާޡިމް ޙޯދަމުންދަނީ ދަޢުލަތުން ދަޢުވާކުރާ ވައްކަންކުރުމުގެ ކުށުގެ ދަޢުވާއާ ގުޅިގެން، ރ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރަން ބޭނުންވެ ޙާޟިރުކުރެވިފައިނުވާތީ، ބަންދުގައި ބަހައްޓައިގެން އޭޕްރީލް މަހުގެ 16ވަނަ ދުވަހުގެ 11:45 އަށް ރ މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ޙާޟިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެންނެވެ.

ފުލުހުން ބުނީ މި ދެމީހުންނާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް