ކ. މާލެ
|
11 އޭޕްރިލް 2018 | ބުދަ 12:52
ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޕާޓީތަކާއެކު ބޭއްވި ބައްދަލުވުމެއްގެ ތެރެއިން
ޓްވިޓަރ
ސިޔާސީ ޕާޓީތައް
އިންތިހާބުގެ މައުލޫމާތު ހަމައެކަނި ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކަށް!
ޕީޕީއެމްއާ ބައްދަލު ކުރަނީ ހުރިހާ ޕާޓީތަކާ ބައްދަލުކުރުމަށް ފަހު
ޑީއާރްޕީ އާއި އެމްޑީއޭއާ ވެސް ބައްދަލު ކުރާނެ
ޝެޑިއުލާ އެއްގޮތަށް ބައްދަލުވުންތައް ކުރިއަށްދާނެ

ގުޅިފައިވާ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަން (އީސީ)އާއެކު ބައްދަލު ކުރަން ދެކޮޅު ހެދުމުން، ސަރުކާރަށް ތާއީދު ކުރާ ޕާޓީތަކަށް ރިޔާސީ އިންތިހާބާ ގުޅޭ މައުލޫމާތު ދިނުމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމާފައި އޮތީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އޮތް، ސިޔާސީ ހަ ޕާޓީއާ ވެސް ބައްދަލު ކުރުމަށެވެ. ނަމަވެސް ގުޅިފައިވާ އިދިކޮޅު ތިން ޕާޓީ ކަމަށްވާ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ނިންމާފައި ވަނީ އިލެކްޝަންސް ކޮމިޝަނާ ބައްދަލު ނުކުރުމަށެވެ.

އެކަމާ ގުޅޭ ގޮތުން އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހުމަދު އަކްރަމް "ރާއްޖެއެމްވީ"އަށް ވިދާޅުވީ ޕާޓީތަކަކުން ދެކޮޅު ހެދި ނަމަވެސް، ޝެޑިއުލާ އެއްގޮތަށް ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ސަރުކާރު ހިންގާ ޕީޕީއެމާއި އެމްޑީއޭ އާއި ޑީއާރްޕީއާއެކު ބައްދަލުވުންތައް ކުރިއަށްދާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ސަރުކާރު ހިންގާ ޕީޕީއެމާ އިލެކްޝަންސް ކޮމިޝަނުން ބައްދަލު ކުރަން ނިންމާފައި ވަނީ އެންމެ ފަހުންނެވެ. އެގޮތުން ބުރާސްފަތި ދުވަހު ޕީޕީއެމާ ބައްދަލު ކުރަން ނިންމާފައިވާއިރު، އެމްޑީޕީއާ ބުދަ ދުވަހު ބައްދަލު ކުރަން ނިންމާފައިވިޔަސް، އެ ޕާޓީން ވަނީ ބައްދަލު ކުރެވެން ނެތް ކަމަށް އަންގާފައެވެ.

ގުޅިފައިވާ ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނާ ބައްދަލު ކުރަން ދެކޮޅު ހެދީ ރިޔާސީ އިންތިހާބަށް ޕާޓީތަކުން ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ހޯދުމަށްފަހު، އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމަށް އެ މައުލުމާތު ދޭން އުޅޭ ކަމަށް ބުނެއެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ އެކަން ދޮގު ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
11 އޭޕްރިލް 2018 | ބުދަ 10:56
ޖާސޫސްއޮންނާނެ
ޖާސޫސްއޮންނާނެ
11 އޭޕްރިލް 2018 | ބުދަ 08:56
ހ މ ޒ
!އެއީ ވ ބޮޑު ތެދެއް
11 އޭޕްރިލް 2018 | ބުދަ 08:51
ޔާމީން
ވޯޓު ފޮށިން ބަލިކުރޭ؟