ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރަށް އިނގިރޭސިވިލާތުން ސިޔާސީ ހިމާޔަތްދީފިއެވެ.
ޖާބިރަށް، އިނގެރޭސި ސަރުކާރުން ސިޔާސީ ހިމާޔަތްދީފައިވާކަން ހާމަކޮށް، އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވަނީ ޓްވީޓްކުރައްވާފައެވެ. ޖާބިރަށް ސިޔާސީ ހިމާޔަތް ލިބުނުކަން ހާމަކޮށް ދިޔާނާ ކުރެއްވި ޓުވީޓްގައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.
Congrats to @chairmanjabir on being granted asylum. I'm glad the wait is over & that safety has been assured.
— Dhiyana (@dhiyanasaid) April 10, 2018
This has been a long & stressful journey. Many tks to Prez Nasheed for his grace & assistance.
A special thank u to Basil & Lauh for their patience & resilience. pic.twitter.com/K9paeFP9Xj
ޖާބިރަށް އިނގެރޭސި ސަރުކާރުން ސިޔާސީ ހިމާޔަތްދިން އިރު، ޖާބިރު އިނގިރޭސިވިލާތުގައި ހުންނަވާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެގޮތުން ލަންޑަނަށް ވަޑައިގެންނެވި ދަތުރު މަތީގައި އުޅުއްވަނިކޮށް ސަރުކާރުން ވަނީ ޖާބިރުގެ ޕާސްޕޯޓް ވެސް ކެންސަލް ކޮށްފައެވެ. އެއާ އެކު ގަޑިއިރުތަކެއްގައި ޖާބިރަށް އެއާޕޯޓުގައި މަޑުކުރައްވަން ޖެހިވަޑައިގަތެވެ.
ޖާބިރަށް އިނގިރޭސި ސަރުކާރުން ސިޔާސީ ހިމާޔަތް ދިންއިރު، ފުލުހުން އަންނަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖާބިރު ހޯދުމަށް މަސައްކަތްކުރަމުންނެވެ.