ކ. މާލެ
|
10 އޭޕްރިލް 2018 | އަންގާރަ 17:55
އަލީ ސުޒައިން
އަލީ ސުޒައިން
ފޭސްބުކް
އަލީ ސުޒެއިން
އަޅުގަނޑުމެން އަޝްފާގަށް ނުދިން އިހުތިރާމެއް ދިނުމަށް އެހެން ބަޔަކު ނާންނާނެ: ސުޒެއިން
ކުރިޔަށް އޮތް ތަނުގައި އެފަދަ ކާމިޔާބު ހޯދައިދޭނެ މީހުން ނުފެންނާނެ

ގައުމީ ޓީމުން ވަކިކޮށްފައިވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) އަށް ދިވެހިން ނުދިން އިހުތިރާމެއް އެހެން ބަޔަކު ނުދޭނެ ކަމަށް ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

ގައުމީ ޓީމުން ދަގަނޑޭ ބޭރުކުރުމާ ގުޅޭ ގޮތުން ރާއްޖެޓީވީގެ "ކުޅިވަރުފައިލް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސުޒެއިން ބުނީ ދަގަނޑޭ ޕްރެސް ކޮންފަރެންސަށް ނުދިޔައީ އޭނާއަށް ގުޅުމުގައި ލަސްވުމުން ކަމަށާއި އަދި އަޝްފާގަކީ މީޑިއާއަށް ކުރިމަތިލުމުގައި ލަދުރަކި ގޮތެއް ހުންނަ މީހެއް ކަމަށެވެ. ހަމައެހެންމެ ކޮންމެ މީހަކީ ހުރިހާ ކަމަކަށް މޮޅުވާނެ މީހެއް ނޫން ކަމަށާއި އެފަދަ ކަންކަމަށް ވިސްނުމެއް ނެތި މިފަދަ ފިޔަވަޅެއް އެޅުމުން އެ ފިޔަވަޅު ދިވެހި ރައްޔިތުންނަށް ގަބޫލުނުކުރެވޭނެ ކަމަށް ވެސް ސުޒެއިން ބުނެފައި ވެއެވެ.

އޭނާ ބުނީ ރާއްޖޭގެ ގައުމީ ބަތޮލުންނަށް ދިވެހިން ނުދިން އިހުތިރާމެއް އެހެން ބަޔަކު ނުދޭނެ ކަމަށާއި މި ސަރަހައްދުގެ ފުޓްބޯޅައިގައި އަޝްފާގަކީ އެހެން ގައުމުތަކުން އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި ދެކޭ ކުޅުންތެރިޔާ ކަމަށެވެ. ސުޒެއިން ބުނީ ރާއްޖެއަށް ބޮޑު ކާމިޔާބު ހޯދައިދީފައިވާ ފަރާތްތަކުގެ ނިމުން މިގޮތަށް އަންނަ ނަމަ ކުރިޔަށް އޮތް ތަނުގައި އެފަދަ ކާމިޔާބު ހޯދައިދޭނެ މީހުން ނުފެންނާނެ ކަމަށެވެ.

ގައުމީ ޓީމުން ދަގަނޑޭ ވަކިކުރީ އޭއެފްސީ އޭޝިއަން ކަޕްގެ ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ހާޒިރުނުވުމާ ގުޅިގެންނެވެ.

- ކޮމެންޓް
11 އޭޕްރިލް 2018 | ބުދަ 11:00
މުހައަމަދު
އަލީ ސުޒައިން ކަލޭއަށް ކޯޗިން ދާއިރާގަ ތި އެނގެނީ އަދި ވަރަށް ކުޑައެޗެއް.. އަޝްފާގް ދިފާއުގަ ތިހާވަރަށް ވާހަކަތިދައްކަނީ ހަމައެކަނި އަޝްފާގުގެ ފުޓްބޯޅަ ކުޅުމަށް ބަލާފަ.. އެކަމަކު ކުޅުން ތެރިއެއް ގައިގަ ހުންނަންޖެހޭ ސިފަތަކެއް އަޝްފާގް ގައިގަ ހުނަން ޖެހޭކަމަށް ސުޒައިން ގަބޫލުކުރަންތަ؟؟ އެންމެ މޮޅުކުޅުންތެރިޔާ ބޭނުންވާ ކޮންމެ ގޮތަކަށް ގައުމީޓީމަށް އަންނަ ކޯޗުން އަމަލު ކުރާކަން ނުޖެހޭނެކަން ސުޒައިން އަށް ގަބޫލު ނުކުރެވެނީތަ؟؟ ދަނޑުން ބޭރުގަ ކުޅުންތެރިއެއްގަ ގައިގަ ހުންނަންޖެހޭ އަޙްލާގް ތިބުނާ އަޝްފާގް ކަށީގަ ކުޑަކޮށްވެސް ހަރުލާފަ އެބަހުރިތަ؟؟