މއ. އަލިދޫގޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުންދިޔަ ސަރަހައްދެއްގައި ގޭސް ކަޓަރެއްގައި ރޯވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ފުލުހުންގެ ފޮރެންސިކް ޓީމަކާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުގެ ޓީމެއް މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
މިހާދިސާ ހިނގީ މީގެ ބައިގަޑިއިރެއްހާ ކުރިން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. އަދި އެ ކަޓަރުގައި ރޯވި އަލިފާން މިހާރު ވަނީ ނިންވާލާފައެވެ.