ސ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ޒުވާނާ ހައްޔަރުކޮށްފައި ވަނީ މާލެއިން ސ. ގަމަށް ދަތުރުކުރި ފްލައިޓަކުން، ގަމަށް މަސްތުވާތަކެތި އެތެރެކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ގަން ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން އޭޕްރީލް ހަތް ވަނަ ދުވަހުގެ ރޭ 1:00 ހާއިރު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
މިކުއްޖާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މި ކުއްޖާގެ އަތުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ބޮޑު ރަބަރު ދެ ޕެކެޓް ފެނިފައިވެއެވެ.