ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ޖާގައެއް އިނގިރޭސިވިލާތުގެ ޗެލްސީއަށް އަދި ކަށަވަރުނުވާ ކަމަށް އެ ޓީމަށް ކުރިން ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު ޒަބީ އަލޮންސޯ ބުނެފިއެވެ.
އަމިއްލަ ދަނޑުގައި ވާދަވެރި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގެ މެޗުގައި ސަލާހު، މާނޭ އަދި ޗެމްބަލިންގެ ލަނޑުތަކާ އެކު ލިވަޕޫލް ދެވަނަ ލެގާއި ކުރިމަތިލާނީ ތިން ލަނޑުގެ ލީޑަކާ އެކުއެވެ. މި ދެ ޓީމު ޖެނުއަރީ މަހުގެ ތެރޭގައި ލިވަޕޫލްގެ ދަނޑުގައި ޕްރިމިއާ ލީގުގައި ބައްދަލުކުރި މެޗު ވެސް 4-3 އިން ކާމިޔާބުކުރީ ލިވަޕޫލްއެވެ.
އޮމްނިސްޕޯޓްއާ ވާހަކަ ދައްކަމުން އަލޮންސޯ ބުނީ ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެކަން ލިވަޕޫލްއިން ދައްކައިފި ކަމަށާއި އެންފީލްޑްގައި ސަޕޯޓަރުން ދެއްކީ ތަފާތު ސަޕޯޓެއް ކަމަށެވެ. އޭނާ ބުނީ ފުރަތަމަ ހާފުގައި ހިނގި ކަންކަން ގަބޫލުކުރަން ވެސް ދަތި ކަމަށާއި ސީޓީ ކޮޅަށް ތިން ލަނޑު ޖެހުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. ސިޓީގެ ދަނޑުގައި ކުޅޭ މެޗުގައި އެ ޓީމުން ތަފާތު ދައްކާނެ ކަމަށާއި އެހެންކަމުން އެ މެޗަކީ ލިވަޕޫލްއަށް ފަސޭހަ މެޗަކަށް ނުވާނެ ކަމަށް އަލޮންސޯ ބުނެފައި ވެއެވެ.
ތިން ލަނޑުގެ ލީޑެއްގައި އޮވެ ލިވަޕޫލް ދެވަނަ ލެގާއި ކުރިމަތިލާއިރު ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް މިފަދަ ބޮޑު ލީޑަކާ އެކު ކޮލިފައިނުވި ހަމައެކަނި ޓީމަކީ ފްރާންސް ޕީއެސްޖީއެވެ.