ކ. މާލެ
|
5 އޭޕްރިލް 2018 | ބުރާސްފަތި 22:56
މުބާރާތުގެ ތަށްޓާ އެކު ހިތަދޫ ޓީމު
މުބާރާތުގެ ތަށްޓާ އެކު ހިތަދޫ ޓީމު
އެފްއޭއެމް
މިނިވަން ޗެމްޕިއަންޝިޕް
އައްޑޫގެ ޗެމްޕިއަންކަން ހިތަދޫއިން ހޯދައިފި
ޗެމްޕިއަންކަން ހިތަދޫ ހޯދީ ފައިނަލުގައި ފޭދޫގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެން

މިނިވަން ޗެމްޕިއަންޝިޕްގެ އައްޑޫ ސިޓީ ބުރުގެ ޗެމްޕިއަންކަން ހިތަދޫއިން ހޯދައިފިއެވެ.

މި ބުރުގެ ޗެމްޕިއަންކަން ހިތަދޫ ހޯދީ ފައިނަލުގައި ފޭދޫގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ.

އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ހިތަދޫއިންނެވެ. އެ ޓީމަށް މެޗުގެ 17 ވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ އެ ޓީމަށް ކުޅޭ ބިދޭސީ ފޯވާޑް ޑޭވިޑް އޮސްގިޔޭއެވެ. އެހެން ނަމަވެސް ހިތަދޫ އިން ލީޑު ނެގިތާ 11 މިނެޓު ނުވަނީސް ފޭދޫ އިން ވަނީ ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަމްބަރު 10 މުހައްމަދު ސަޔާން ސައީދުއެވެ.

ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރު ވެފައި އޮތުމުން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ނަތީޖާއަށް ބަދަލެއް ނައުމާ ގުޅިގެން ޖެހި ޕެނަލްޓީގައި ހިތަދޫ ކުރިހޯދީ 4-1 އިންނެވެ. ހިތަދޫގެ ޕެނަލްޓީތައް އަރްމެލޭ ތިއެރީ އާއި އަހުމަދު އިބްރާހީމާއި ހަސަން މިފްރަހުގެ އިތުރުން މުހައްމަދު މަމްނޫންއެވެ. ޕެނަލްޓީގައި ފޭދޫއިން ކާމިޔާބުކުރި ހަމައެކަނި ޕެނަލްޓީ އެ ޓީމަށް ޖަހައިދިނީ އަހުމަދު ސައީދުއެވެ.

މި ބުރުގެ މި ދެ ޓީމުގެ އިތުރުން ބައިވެރިވީ މަރަދޫ އަދި މަރަދޫ ފޭދޫއެވެ. މި ބުރުގެ ޗެމްޕިއަންކަމާ އެކު ހިތަދޫ ވާދަކުރަން ޖެހޭނީ ޏ. އަތޮޅުން މުބާރާތުގައި ބައިވެރި ހަމައެކަނި ޓީމު ކަމަށްވާ ދޫޑިގަމާ އެކު ޒޯން އަށެއްގައެވެ. މި ޒޯންގެ ޗެމްޕިއަންކަން ލިބޭނީ ދެ ލެގުގެ އެގްރިގޭޓަށް ބެލުމަށް ފަހު ކުރި ހޯދާ ޓީމަކަށެވެ.

ހިތަދޫއަށް މެޑަލް އަދި މުބާރާތުގެ ޝީލްޑް ހަވާލުކޮށްދިނީ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގެޓްއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް