ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ވިއްކާ ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމައިފި އެވެ.
އެސްޓީއޯއިން އާންމު ކޮށްފައިވާ ދެންނެވުމެއްގައި ބުނެފައިވަނީ ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމީ ދުނިޔޭގެ ބާޒާރުގައި ޑީސަލްގެ އަގު އުފުލެމުންދިޔުމާއި ގުޅިގެން ކަމަށެވެ. އަދި ބޮޑުކުރުމަށް ނިންމާފައިވަނީ ކޮންމެ ޑީސަލް ލީޓަރަކުން 20 ލާރި ކަމަށް އެ ދެންނެވުމުގައި ބުނެފައިވެއެވެ.
އެސްޓީއޯއިން ބުނިގޮތުގައި ޑީސަލްގެ އަގު ބޮޑުކުރުމަށް ނިންމި ނިންމުމަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ ތިންވަނަ ދުވަސް (މާދަމާ) އިން ފެށިގެން ކަމަށެވެ. އަދި އަގަށް ގެނެވުނު ބަދަލަށް ފަހު ޑީސަލް ލިޓަރެއް ލިބޭނީ 10:41 ލާރިއަށް ކަމަށް އެސްޓީއޯއިން ބުނެ އެވެ.