އައްޑޫ ސިޓީ، ލިންކް ރޯޑުގައި ދުއްވާފައި ދިޔަ ކާރަކާއި ބައިސްކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހާއަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުން އަންނަނިކޮށް ނިޔާވެފައި ވަނީ ސ. ފޭދޫ ދުންބުރުވާގޭ އަބްދުﷲ މަނިކުފާނެވެ. އަބްދުﷲ މަނިކުފާނު ނިޔާވީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
މި އެކްސިޑެންޓް ހިނގީ އަބްދުﷲ މަނިކުފާނު ބައިސްކަލްގައި ދުއްވާފައި ދަނިކޮށް ލިންކް ރޯޑުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރަކުން ޖެހިގެންނެވެ. ކާރުން ބައިސްކަލުގައި ޖެހުމާ އެކު އަބްދުﷲ މަނިކުފާނު ވިއްސައިގެން ދިޔައިރު، އޭނާ ދުއްވި ބައިސްކަލް އޮތީ ކާރުގެ ދަށުވެފައެވެ.