ގޭ ބަންދުގައި ހުންނެވި އަލީ ހަމީދުގެ އަނބިކަނބަލުން ފާތިމަތު ނާސިރާ ގޭ ބަންދުން މިނިވަންކޮށްފިއެވެ.
ނާސިރާގެ މައްޗަށް ވެސް ފުލުހުން ތުހުމަތު ކުރަނީ ސަރުކާރު ވައްޓާލަން އުޅުމާއި ރިޝްވަތުދިނުމުގެ ތުހުމަތެވެ. ފުލުހުން ނާސިރާ ހައްޔަރު ކުރުމަށް ގެންގޮސްފައި ވަނީ ފެބުރުއަރީ މަހުގެ ހަތް ވަނަ ދުވަހުއެވެ. ނާސިރާގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އާއިލާގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް ވަނީ ބަޔާނެއް ވެސް ނެރެފައެވެ. ހައްޔަރުކުރިތާ 51 އެއްދުވަސް ފަހުން އޭނާ މިނިވަން ކުރީ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރުމަށް ފަހު ނާސިރާ ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މާރޗް މަހުގެ 15 ވަނަ ދުވަހުގައެވެ.