ކ. މާލެ
|
1 އޭޕްރިލް 2018 | އާދީއްތަ 22:45
އޭދަފުށީ ވެޓެރަންސް މެނޭޖަރު އަހުމަދު ނާސިރު
އޭދަފުށީ ވެޓެރަންސް މެނޭޖަރު އަހުމަދު ނާސިރު
އަހްމަދު ސާއިފް ޝިޔާދް
އޭދަފުށީ ވެޓެރަންސް
އޭދަފުށީ ވެޓެރަންސް އަދި މާލޭ ސޮކަރ މޭޓްސްގެ ވަރަށް ހާއްސަ މެޗެއް އަންނަ ހުކުރު ދުވަހު
މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު މާލޭ ޓާފް ދަނޑުގައި

އޭދަފުށީ ވެޓެރަންސް ފުޓްބޯޅަ ކްލަބް އަދި މާލޭ ސޮކަރ މޭޓްސްގެ ވަރަށް ހާއްސަ މެޗެއް އަންނަ ހުކުރު ދުވަހު ކުޅުމަށް ހަމަޖެހިއްޖެއެވެ.

އޭދަފުށީ ވެޓެރަންސްގެ ފަރާތުން ވާހަކަ ދެއްކި އެ ޓީމުގެ މެނޭޖަރު އަހުމަދު ނާސިރު ބުނެފައިވަނީ މިއީ ކްލަބެއްގެ ގޮތުގައި ސްޕޯޓްސް ކޮމިޝަނުގައި ރެޖިސްޓްރީވެގެން އެ ޓީމުން ކުޅޭ އެންމެ ފުރަތަމަ މެޗު ކަމަށެވެ. އޭނާ ބުނީ މީގެކުރިން ވެސް މިފަދަ މެޗުތައް އެކި އަތޮޅުތަކުގައި ކުޅެފައިވާ ކަމަށާއި އެހެން ނަމަވެސް މި މެޗު ވެގެންދާނީ ރަސްމީ ސިފައެއްގައި އެ ކްލަބްއިން ކުޅޭ ފުރަތަމަ މެޗަށް ކަމަށެވެ. ވީހާވެސް ގިނަ ބަޔަކު އަދި ވަކިން ހާއްސަކޮށް ބ.އަތޮޅަށް ނިސްބަތްވާ މީހުން މި މެޗު ބަލަން ދިޔުމަށް އެދޭ ކަމަށް ވެސް ނާސިރު ބުނެފައިވެއެވެ.

މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު މާލޭ ޓާފް ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
4 އޭޕްރިލް 2018 | ބުދަ 05:39
މާޖި
ބޮޑޭ އަހަންމަދާ ތިޔައީ މިހާރު ހައްޕުޑު