ކ. މާލެ
|
30 މާރޗް 2018 | ހުކުރު 14:48
މެސީ ބާސާގެ ޖާޒީގައި
މެސީ ބާސާގެ ޖާޒީގައި
ގެޓީ އިމޭޖަސް
ލިއޮނެލް މެސީއަށް އަނިޔާވުން
އަނިޔާއަށް ފަހު ބާސާގެ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެއްޖެ
މެސީގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައި

އަނިޔާ އަށް ފަހު އަލުން އެނބުރި އައިސް ބާސެލޯނާގެ ފަރިތަކުރުންތަކުގައި އެ ޓީމަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ބައިވެރިވެއްޖެއެވެ.

ނިމިގެންދިޔަ އިންޓަނޭޝަނަލް ބްރޭކްގައި އާޖެންޓީނާ ކުޅުނު އެއްވެސް މެޗެއްގައި ވެސް އޭނާ ކުޅެފައެއް ނުވެއެވެ. އިޓަލީއާ ދެކޮޅަށް ކުޅެ 2-0 އިން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ކުޅެފައި ނުވަނީ އޭނާގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އެހެން ނަމަވެސް ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޭނާ ފިޓް ކަމަށް އާޖެންޓީނާގެ ކޯޗު ބުނިއިރު 6-1 އިން ސްޕެއިން އަތުން ބަލިވި މެޗުގައި ވެސް އޭނާއަށް ބެންޗުން ފުރުސަތު ދީފައެއް ނުވެއެވެ.

ބާސާ އިން ނެރުނު ބަޔާނެއްގައި ވަނީ އެ ޓީމުން ބުރާސްފަތި ދުވަހު ކުރިޔަށް ގެންދިޔަ ފަރިތަކުރުންތަކުގައި މެސީ ބައިވެރިވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާ ބައިވެރިވީ ފަރިތަކުރުންތަކުގެ ވަކި ބައެއްގައި ކަމަށް އެ ބަޔާނުގައިވެއެވެ.

މެސީއަށް އެ މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ނުދޭނެ ކަމަށާއި އެހެން ނަމަވެސް ބެންޗުން އޭނާއަށް ފުރުސަތު ދިނުމަކީ ވެދާނެ ކަމެއް ކަމަށް ސްޕެއިންގެ މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.

މި ބަޔާނުގައި އަނިޔާވެފައިވާ އެ ޓީމުގެ ކީޕަރު މާކް އެންޑަ ޓާސްޓީޖެންގެ ވާހަކަ ހިމަނާފައެއް ނުވެއެވެ. ސްޕެއިންއާ ދެކޮޅަށް ޖަރުމަނު ކުޅުނު މެޗުގައި އޭނާ ކުޅުނު ނަމަވެސް 1-0 އިން ބްރެޒިލް އަތުން ބަލިވި މެޗުގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ކުޅެފައެއް ނުވެއެވެ.

މެސީގެ އިތުރުން ނިމިގެންދިޔަ ބައިނަލްއަގްވާމީ މެޗުތަކުގައި ކުޅުނު ބާސާއަށް ނިސްބަތްވާ ކުޅުންތެރިން ވަނީ ބުރާސްފަތި ދުވަހު ބޭއްވި ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ. އެގޮތުން އަންދްރޭ ގޯމޭޒް އާއި އިވާން ރަކިޓިޗް އަދި އަންދްރޭސް އިނިއެސްޓާގެ އިތުރުން ލުއިސް ސުއަރޭޒް ވެސް ވަނީ މި ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.

ސެވިއްޔާއާ ދެކޮޅަށް ބާސާ ނުކުންނައިރު އެ ޓީމު އޮތީ ސްޕެނިޝް ލަލީގާގެ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑަކާއެކުއެވެ. ކުރިޔަށް އޮތް ދެ ހަފްތާއަކީ ބާސާ ވަރަށް ގިނަ މެޗު ކުޅެން ޖެހޭ ހަފްތާއަކަށް ވާއިރު ސެވިއްޔާ މެޗަށް ފަހު އެ ޓީމު ނުކުންނާނީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގައި ރޯމާއާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް