ކ. މާލެ
|
30 މާރޗް 2018 | ހުކުރު 14:39
އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯ ވަނީ ސެމީއިން ޖާގަ ހޯދާފައި
އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯ ވަނީ ސެމީއިން ޖާގަ ހޯދާފައި
އޭޕީ
އޭޓީޕީ ވޯލްޑް ޓުއާ
މަޔާމީ މާސްޓާސްގެ ސެމީގައި ވާދަކުރާ ކުޅުންތެރިން ކަށަވަރުވެއްޖެ
ފުރަތަމަ ސެމީގައި އިސްނާއާ ދެކޮޅަށް ޑެލްޕޮޓްރޯ ނުކުންނާނެ
ދެވަނަ ސެމީގައި ބުސްޓާ ނުކުންނާނީ ޒްވަރޭވްއާ ދެކޮޅަށް

އެމެރިކާގެ މަޔާމީގައި މިހާރު ކުރިޔަށްދާ މަޔާމީ މާސްޓާސް އޯޕެން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާ ކުޅުންތެރިން ކަށަވަރުވެއްޖެއެވެ.

މި މުބާރާތުގެ ސެމީއިން އެންމެ ފުރަތަމަ ޖާގަ ހޯދީ 17 ރޯޖާ ފެޑެރާގެ ރެކޯޑު ނިމުމަކަށް ގެނައި ފަސްވަނައަށް ސީޑު ކުރެވިފައިވާ އާޖެންޓީނާގެ ހުއާން މާޓިން ޑެލްޕޮޓްރޯއެވެ. އޭނާ ސެމީއަށް ދަތުރުކުރީ ދެ ސެޓު އެއް ސެޓުން ކެނެޑާގެ މިލޯސް ރައޯނިޗް ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު 7-5 އިން ރައޯނިޗް ގެންދިޔައިރު ޑެލްޕޮޓްރޯ ވަނީ އޭގެ ފަހުން ކުޅުނު ދެ ސެޓު ވެސް 7-6 އިން ގެންގޮސް މެޗު ކާމިޔާބުކޮށްފައެވެ. މި މެޗު ވަނީ ތިން ގަޑިއިރަށް ދިގުދެމިގެން ގޮސްފައެވެ.

މި މުބާރާތުގެ ސެމީ ފައިނަލްއިން އެމެރިކާގެ ޖޯން އިސްނާ ޖާގަ ހޯދީ 19 ވަނައަށް ސީޑު ކުރެވިފައިވާ ދެކުނު ކޮރެއާގެ ޗުންގް ހިޔޮން ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. މި މެޗުގެ ސެޓުތައް އޭނާ ގެންދިޔައީ 6-1 އަދި 6-4 އިންނެވެ.

ޖަރުމަނުގެ ޒުވާން ޓެނިސް ކުޅުންތެރިޔާ އެލެކްޒެންޑާ ޒްވަރޭވް ސެމީއަށް ދަތުރުކުރީ ކުއާޓާގައި ކްރޮއޭޝިއާގެ ބޯރނާ ކޮރިޗް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އުމުރުން 20 އަހަރުގެ ޒްވަރޭވް މި މެޗުގެ ސެޓުތައް ގެންދިޔައީ 6-4 އަދި 6-4 އިންނެވެ. މިއީ ދުނިޔޭގެ ފަސްވަނައިގައި ރޭންކް ކުރެވިފައިވާ ޒްވަރޭވް އޭޓީޕީ މާސްޓާސް ފެންވަރުގެ މުބާރާތެއްގެ ސެމީ އިން ޖާގަ ހޯދި ތިންވަނަ ފަހަރެވެ.

ސްޕެއިންގެ ޕަބްލޯ ކަރޭނޯ ބުސްޓާ ސެމީއަށް ދަތުރުކުރީ ކުއާޓާގައި އެމެރިކާގެ ކެވިން އެންޑަސަން ތިން ސެޓު ދެ ސެޓުން ބަލިކޮށްގެންނެވެ. މި މުބާރާތުގެ 16 ވަނައަށް ސީޑު ކުރެވިފައިވާ ބުސްޓާ މެޗުގެ ފުރަތަމަ ސެޓު 6-4 އިން ގެންދިޔައިރު އެންޑަސަން ވަނީ ދެވަނަ ސެޓު 7-5 އިން ގެންގޮސްފައެވެ. މެޗުގެ ނަތީޖާ ނެރުމަށް ކުޅުނު ތިންވަނަ ސެޓު ބުސްޓާ ގެންދިޔައީ 7-6 އިންނެވެ.

ފުރަތަމަ ސެމީގައި އިސްނާއާ ދެކޮޅަށް ޑެލްޕޮޓްރޯ ނުކުންނައިރު ދެވަނަ ސެމީގައި ބުސްޓާ ނުކުންނާނީ ޒްވަރޭވްއާ ދެކޮޅަށެވެ. މި ތިން ކުޅުންތެރިންގެ ތެރެއިން ޑެލްޕޮޓްރޯ ވަނީ ޓެނިސް ސީޒަނުގެ މިހާތަނަށް އައިއިރު މާސްޓާސް މުބާރާތެއް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް