ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 16:58
ބީޗް ވޮލީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިން ވަނީ ސްޕޯޓްސް މިނިސްޓަރާ ބައްދަލުކޮށްފައި
ބީޗް ވޮލީ ޓީމުތަކުގައި ހިމެނޭ ކުޅުންތެރިން ވަނީ ސްޕޯޓްސް މިނިސްޓަރާ ބައްދަލުކޮށްފައި
ވީއޭއެމް
ނެޝަނަލް ބީޗް ވޮލީ
19 އަހަރުން ދަށުގެ ގައުމީ ބީޗް ވޮލީ ޓީމުތައް ތައިލެންޑަށް
ރާއްޖޭގެ ދެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ވެސް މައިލޯ ކަލަރސް އެވޯޑު ހާސިލުކޮށްފައިވާ ކުޅުންތެރިން

ތައިލެންޑުގައި ފެށުމަށް ހަމަޖެހިފައިވާ 19 އަހަރުން ދަށުގެ އޭޝިއަން ބީޗް ވޮލީ ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ އަންހެން އަދި ފިރިހެން ގައުމީ ޓީމުތައް އެ ގައުމަށް ފުރައިފިއެވެ.

އަންނަ ހަފްތާގެ އާދިއްތަ ދުވަހު މި މުބާރާތް ފަށާއިރު މި މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ވެސް ފުރާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. އަންހެން ޓީމުގައި ވެސް އަދި ފިރިހެން ޓީމުގައި ވެސް ދެ ކުޅުންތެރިން ހިމެނޭއިރު މި ޓީމުތަކާ އެކު ދެ އޮފިޝަލުން ވެސް ތައިލެންޑަށް ދަތުރުކުރި ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

މި މުބާރާތުގައި ވާދަކުރާ ރާއްޖޭގެ އަންހެން ޓީމުގައި ހިމެނެނީ ނިމިގެންދިޔަ އިންޓަ ސްކޫލް ވޮލީބޯލް މުބާރާތުގައި ބޮޑު ކާމިޔާބުތަކެއް ހޯދި ބ. ގޮއިދޫ ޓީމުގައި ހިމެނުނު ދެ ކުޅުންތެރިންނެވެ. ރާއްޖޭގެ ދެ ޓީމުގައި ހިމެނޭ ކުޅުންތެރިންނަކީ ވެސް މައިލޯ ކަލަރސް އެވޯޑު ހާސިލުކޮށްފައިވާ ކުޅުންތެރިން ކަމަށާއި އެ ކުޅުންތެރިން މިހާރު ކިޔަވަމުންދަނީ ސްކޮލާޝިޕްގެ ދަށުން ކަމަށް ވެސް ވޮލީބޯލް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.

ރާއްޖޭގެ ކުޅުންތެރިން ތައިލެންޑަށް ފުރުމުގެ ކުރިން މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސް އިރުތިޝާމް އާދަމް ވަނީ އެ ކުޅުންތެރިންނާއި ބައްދަލުކޮށް ހިތްވަރުދެއްވާފައެވެ. މި މުބާރާތް ކުރިޔަށްދާނީ ތިން ދުވަހުގެ މުއްދަތަކަށް ކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް