ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 15:17
މެސީ އަދި ޕޮގްބާ މެޗެއްގެ ތެރެއިން
މެސީ އަދި ޕޮގްބާ މެޗެއްގެ ތެރެއިން
ގެޓީ އިމޭޖަސް
ޕޮގްބާ - މެސީ
މެސީއަކީ ތަފާތު ކުޅުންތެރިޔެއް: ޕޮގްބާ
ޕޮގްބާއަަކީ އަބަދުވެސް މެސީއަށް ސަޕޯޓްކުރާ ކުޅުންތެރިޔެއް

ބާސެލޯނާއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއަކީ ތަފާތު ކުޅުންތެރިޔެއް ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ ބުނެފިއެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި މެސީއަކީ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ދެކޭއިރު އޭނާއާ އެންމެ ވާދަކުރާ ކުޅުންތެރިޔަކަށް ވެސް ހުރީ ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މެންޗެސްޓާ ޔުނައިޓެޑްއިން ޕޮގްބާގެ އަގެއްގެ ގޮތުގައި 89 މިލިއަން ޕައުންޑް ދައްކާފައިވަނީ އޭނާއަކީ ވެސް މެސީއާ އެއްގޮތަށް ތަފާތު ދައްކާނެ ކުޅުންތެރިޔެއް ކަމަށް އެ ޓީމަށް ގަބޫލުކުރެވިގެންނެވެ.

ފްރާންސްގެ ޓީވީ ޗެނަލަކާއި ވާހަކަ ދައްކަމުން ޕޮގްބާ ބުނީ މެސީ އެންމެ ފުރަތަމަ ފެނުނީ 2015 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ޔުވެންޓަސް އަދި ބާސެލޯނާ ބައްދަލުކުރި މެޗުގެ ކުރިން ކަމަށެވެ. މެސީ ފެނުނީ ވަރަށް ކުޑަ ކުޅުންތެރިޔެއްގެ ގޮތުގައި ކަމަށާއި ފުޓްބޯޅައާއެކު އޭނާ ކުރާ ކަންކަމަކީ އަޖައިބެއްފަދަ ކަމެއް ކަމަށް ޕޮގްބާ ބުނެފައިވެއެވެ. ހަމައެހެންމެ މެސީއާ ފުޓްބޯޅައާ ވަކިނުކުރެވޭނެ ކަމަށާއި އޭނާ ކުޅޭތަން ވަރަށް ގިނައިން ބަލާ ކަމަށް ވެސް ޕޮގްބާ ބުނެފައިވެއެވެ. ހަމައެހެންމެ އޭނާ ދަނޑުމަތީގައި ކުރާ ކަންކަން އެހެން އެއްވެސް ކުޅުންތެރިޔަކަށް ނުކުރެވޭ ކަމަށް ޕޮގްބާ ބުނެފައިވެއެވެ.

ޕޮގްބާ ބުނީ މެސީއަކީ ފުޓްބޯޅަ އާއެކު އުފަންވެފައިވާ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ ވަރަށް ތަފާތު އަދި އެހާމެ ހުނަރު ލިބިފައިވާ ކުޅުންތެރިޔެއް ކަމަށެވެ. ޕޮގްބާ ބުނީ އޭނާގެ ކުޅުމުގެ ވައްޓަފާޅި ވެސް މެސީއާ އެއްގޮތަށް ބިނާކުރުމަށް މަސައްކަތްކުރި ކަމަށާއި އެގޮތުން ޒިދާން އާއި ރޮނާލްޑީނިއޯ އާއި ރޮނާލްޑޯ އަދި މެސީގެ ކުޅުން ބެލި ކަމަށެވެ. ހަމައެހެންމެ އޭނާ ކުޑައިރު ޑިއޭގޯ މަރަޑޯނާ އާއި ޕެލޭ އަދި ކަކާ ފަދަ މޮޅު ކުޅުންތެރިންގެ ވީޑިއޯ ބެލި ކަމަށް ވެސް ޕޮގްބާ ބުނެފައިވެއެވެ. އެއީ އެ ހުރިހާ ކުޅުންތެރިންގެ ފަރާތުން ވެސް އެއްޗެއް ދަސްކުރުމަށް ކަމަށާއި އެހެން ނަމަވެސް މިހާރު ބަލަނީ އިނިއެސްޓާ އާއި މޮޑްރިޗް ފަދަ ކުޅުންތެރިންގެ ވީޑިއޯ ކަމަށް ޕޮގްބާ ބުނެފައިވެއެވެ.

ޕޮގްބާގެ ފަރާތުން މި ސީޒަނުގެ މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެކަމާއި ގުޅިގެން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ޕޮގްބާއަށް ފުރުސަތު ދެމުން އަންނީ ފަހަކަށްއައިސް ބެންޗުންނެވެ. އުމުރުން 25 އަހަރުގެ މިޑްފީލްޑަރު ބުނީ ފުޓްބޯޅައަކީ އޭނާގެ ވަޒީފާ ކަމަށާއި ވަޒީފާ ދެކެ ވަރަށް ލޯބިވާ ކަމަށެވެ. ހަމައެހެންމެ އަބަދުވެސް އުއްމީދުކުރަނީ ތަށި ކާމިޔާބުކުރަން ކަމަށާއި އާއިލާއާއެކު ވަގުތު ހޭދަކުރުމަށް ވެސް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދޭކަމަށް ޕޮގްބާ ބުނެފައިވެއެވެ.

ޕޮގްބާ މިވަގުތު ހުރީ ފްރާންސްގެ ގައުމީ ޓީމާއެކު ފްރާންސްގައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް