ކ. މާލެ
|
16 މާރޗް 2018 | ހުކުރު 10:52
ޔޫރޮޕާ ލީގްގެ ދެވަނަ ބުރުގެ ފަހު ލެގުގައި އޭސީ މިލާން ކޮޅަށް އާސެނަލްގެ ފޯވާޑް ޑެނީ ވެލްބެކްގެ ފުރަތަމަ ލަނޑު ޖަހަނީ
ޔޫރޮޕާ ލީގްގެ ދެވަނަ ބުރުގެ ފަހު ލެގުގައި އޭސީ މިލާން ކޮޅަށް އާސެނަލްގެ ފޯވާޑް ޑެނީ ވެލްބެކްގެ ފުރަތަމަ ލަނޑު ޖަހަނީ
ރެކްސް ފީޗާޒް
ޔުއެފާ ޔޫރޮޕާ ލީގު
ޔުއެފާ ޔޫރޮޕާ ލީގް: އޭސީ މިލާން ބަލިކޮށް އާސެނަލް ކުއާޓަރ ފައިނަލަށް!
ދެވަނަ ލެގު އާސެނަލް ކާމިޔާބުކުރީ 3-1 އިން
އޭސީ މިލާންގެ މައްޗަށް ދެލެގުގެ އެގްރިގޭޓުން އާސެނަލް ވަނީ 5-1 އިން ކުރި ހޯދާފައި
މިއީ ޔޫރަޕްގެ މުބާރާތެއްގެ ކުއާޓަރ ފައިނަލުން 2010 ވަނަ އަހަރުގެ ފަހުން އާސެނަލް ޖާގަ ހޯދި ފުރަތަމަ ފަހަރު

ޑެނީ ވެލްބެކްގެ ދެ ލަނޑާ އެކު ޔުއެފާ ޔޫރޮޕާ ލީގްގައި އޭސީ މިލާން ބަލިކޮށް، މުބާރާތުގެ ކުއާޓަރ ފައިނަލުން އާސެނަލް ޖާގަ ހޯދައިފިއެވެ.

ޔޫރޮޕާ ލީގްގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި އަމިއްލަ ދަނޑުގައި އޭސީ މިލާންގެ މައްޗަށް އާސެނަލް ކުރި ހޯދީ 3-1 އިންނެވެ.

މި ދެޓީމް އޭސީ މިލާންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 2-0 އިން އާސެނަލް ކާމިޔާބު ކޮށްފައިވުމާ އެކު، ދެ ލެގުގެ އެގްރިގޭޓުން އާސެނަލް އަށް ކުރި ލިބިފައި ވަނީ 5-1 ގެ ނަތީޖާއަކުންނެވެ.

ކުއާޓަރ ފައިނަލްގެ ދެވަނަ ލެގުގައި ބުރާސްފަތި ދުވަހުގެރޭ، އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ އޭސީ މިލާނުންނެވެ. 35 ވަނަ މިނިޓުގައި މި ލަނޑު އެޓީމަށް ޖަހައިދިނީ ހަކާން ކަލްހަނޮގްލޫއެވެ.

އޭގެ ހަތަރު މިނިޓު ފަހުން އާސެނަލް އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޑެނީ ވެލްބެކްއެވެ.

މިނަތީޖާގައި އޮވެ މެޗުގެ ފުރަތަމަ ހާފްގެ ކުޅުން ނިމުނުއިރު، 71 ވަނަ މިނިޓުގައި އާސެނަލް އަށް ކުރި ހޯދައިދިނީ ގްރެނިޓް ޒާކާއެވެ.

އާސެނަލްގެ ފަހު ލަނޑު، މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޖަހައިދިނީ ޑެނީ ވެލްބެކްއެވެ.

މިމޮޅާއެކު އާސެނަލް އަށް މުބާރާތުގެ ކުއާޓަރ ފައިނަލްގެ ޖާގަ ކަށަވަރުވިއިރު، މިއީ 2010 ވަނަ އަހަރުގެ ފަހުން ޔޫރަޕްގެ ފުޓްބޯޅަ މުބާރާތެއްގެ ކުއާޓަރ ފައިނަލުން އާސެނަލް ޖާގަ ހޯދި ފުރަތަމަ ފަހަރެވެ.

- ކޮމެންޓް