ކ. މާލެ
|
12 މާރޗް 2018 | ހޯމަ 19:54
ޕީޓާ ސެގެޓް
ޕީޓާ ސެގެޓް
ގޫގުލް
ގައުމީ ޓީމު
ގައުމީ ޓީމުގެ ކޯޗަކަށް ސެގެޓް!
އޭނާ ވަނީ ޖޯޖިއާގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފައި

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާއި ހަވާލުވުމަށް ކްރޮއޭޝިއާގެ ޕީޓާ ސެގެޓް ރާއްޖެ އަތުވެއްޖެއެވެ.

ސެގެޓް ރާއްޖެ އައިސްފައިވާއިރު އޭނާ ވެގެންދާނީ ވޭތުވެދިޔަ ހަތަރު އަހަރު ރާއްޖޭގެ ގައުމީ ޓީމާއި ހަވާލުވާނެ ހަތަރުވަނަ ކޯޗަށެވެ. މިދިޔަ މަހުގެ ނިޔަލަށް އެ މަގާމުގައި ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓްގެ އެއްބަސްވުމުގެ މުއްދަތުވަނީ ހަމަވެފައެވެ. އޭނާ ވަނީ އެސްޓީއޯ މާލޭ ލީގުގައި ވެލެންސިއާ އާއި މާޒިޔާ ކުޅުނު މެޗު ބެލުމަށް ގަލޮޅު ދަނޑަށް ގޮސްފައެވެ.

ސެގެޓް ވަނީ އަފްޣާނިސްތާނުގެ ގައުމީ ޓީމާއެކު 2015 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގައި ރާއްޖެ ބަލިކޮށްފައެވެ. ރިކީ ހާބާޓްގެ އިރުޝާދުގެ ދަށުން އޭރު ކުޅުނު ރާއްޖޭގެ ގައުމީ ޓީމުގެ މައްޗަށް އެފަހަރު އަފްޣާނިސްތާން ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. މިއީ ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އަފްޣާނިސްތާނު އަތުން އެންމެ ބޮޑު ތަފާތަކުން ބަލިވި މެޗެވެ. އަފްޣާނިސްތާނުގެ ފުޓްބޯޅައިގެ ތާރީހުގައި އެ ޓީމަށް އެންމެ ބޮޑު ކާމިޔާބެއް ހޯދައިދިން ކޯޗަކީ ސެގެޓް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ޖަރުމަނުގެ ޓީމުތަކުގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި ސެގެޓް ވަނީ 2008 ވަނަ އަހަރު މެދުތެރޭ ޔޫރަޕުގެ ގައުމެއް ކަމަށްވާ ޖޯޖިއާގެ ފުޓްބޯޅަ ޓީމުގެ ކޯޗުކަން ވެސް ކޮށްފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް