ކ. މާލެ
|
5 މާރޗް 2018 | ހޯމަ 21:04
އޮސްކާ އަދި އަޝްފާގު
އޮސްކާ އަދި އަޝްފާގު
އިމޭޖަސް.އެމްވީ
ނިއު ރޭޑިއަންޓް ސްޕޯޓްސް
އަޝްފާގަކީ ތައާރަފެއް ބޭނުންނުވާ މޮޅު ކުޅުންތެރިޔެއް: އޮސްކާ
އަޝްފާގަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިޔެއް
އޮސްކާ ބުނީ ހަމައެކަނި މޮޅު ކުޅުންތެރިޔަކީ އަޝްފާގު ނޫންކަމަށާއި އޭނާގެ ޓީމުގައި އަދިވެސް މޮޅު ކުޅުންތެރިން އެބަތިބި ކަމަށް
ޑާކާ އަބްހާނީއާ ދެކޮޅަށް އޭއެފްސީ ކަޕްގައި ނުކުތުމަށް ނިއުއިން ވަނީ ބަންގްލަދޭޝްއަށް ދަތުރުކޮށްފައި

ނިއު ރޭޑިއަންޓްގެ ކެޕްޓަން އަލީ އަޝްފާގަކީ ތައާރަފެއް ބޭނުމެއްނުވާ މޮޅު ކުޅުންތެރިޔެއް ކަމަށް އެ ޓީމުގެ ކޯޗު އޮސްކާ ބްރޫޒޯން ބުނެފިއެވެ.

ބުދަ ދުވަހު ބަންގްލަދޭޝްގެ ޑާކާ އަބްހާނީއާ ދެކޮޅަށް އޭއެފްސީ ކަޕްގައި ނުކުތުމަށް ނިއުއިން ވަނީ ބަންގްލަދޭޝްއަށް ދަތުރު ކޮށްފައެވެ. އެ މެޗުގެ ކުރިން އެ ގައުމުގެ މީޑިއާ އާއި ވާހަކަ ދައްކަމުން ނިއުގެ ކޯޗު އޮސްކާ ބްރޫޒޯން ބުނެފައިވަނީ އަޝްފާގަކީ ދުނިޔޭގެ ފެންވަރުގެ މޮޅު ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ އޭޝިއާ ބައްރުގައި ވަރަށް މަޝްހޫރު ކުޅުންތެރިޔެއް ކަމަށެވެ. ހަމައެހެންމެ އަޝްފާގަކީ ތައާރަފަކަށް ބޭނުންނުވާ ކުޅުންތެރިޔެއް ކަމަށާއި އޭނާއަކީ އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިޔެއް ކަމަށް އޮސްކާ ބުނެފައިވެއެވެ. އޭނާ ބުނީ ހަމައެކަނި މޮޅު ކުޅުންތެރިޔަކީ އަޝްފާގު ނޫންކަމަށާއި އޭނާގެ ޓީމުގައި އަދިވެސް މޮޅު ކުޅުންތެރިން އެބަތިބި ކަމަށެވެ.

މެޗާއި ގުޅޭގޮތުން ވާހަކަ ދައްކަމުން އޮސްކާ ބުނެފައިވަނީ މެޗަށް ތައްޔާރުވުމަށް އެންމެ އެދެވޭ ވަގުތު ލިބިފައި ނުވާ ކަމަށާއި މި މެޗާއި ކުރިމަތިލަނީ ލީގުގައި މާޒިޔާއާ ދެކޮޅަށް އުނދަގޫ މެޗެއް ކުޅުމަށް ފަހު ކަމަށެވެ. އަދި ފަރިތަކުރުންތައް ކުރިޔަށް ގެންދިޔުމަށް ފަހު މެޗަށް ތައްޔާރުވާނެ ކަމަށް އޮސްކާ ބުނެފައިވެއެވެ. އޮސްކާ ބުނީ މެޗު ފިޒިކަލް ވާނެކަން އެނގޭ ކަމަށާއި އަބްހާނީގެ ކުޅުންތެރިންނާއި އެ ޓީމާއި ގުޅޭގޮތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އޮސްކާ ބުނެފައިވަނީ އެ ސަރަހައްދުގެ ފުޓްބޯޅަ އޭނާއަށް އެނގޭ ކަމަށާއި އެ ސަރަހައްދަކީ ފުޓްބޯޅައަށް ވަރަށް ބޮޑު ޝައުގުވެރިކަމެއް ދޭ ބަޔެއް ދިރިއުޅޭ ސަރަހައްދެއް ކަމަށެވެ. އަދި މެޗުން ވާނެގޮތް އެނގޭނީ މެޗު ކުޅުމުންކަމަށާއި މޮޅެއް ހޯދުން މުހިންމު ކަމަށް ވެސް އޮސްކާ ބަންގްލަދޭޝްގެ މީޑިއާއަށް ބުނެފައިވެއެވެ.  

އަބްހާނީއިން ވަނީ މީގެކުރިން ރާއްޖޭގެ ދެ ޓީމު ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ޓީސީ ސްޕޯޓްސް ކްލަބާއި ދެކޮޅަށް މެޗުތައް ކުޅެފައެވެ. މިހާތަނަށް ރާއްޖޭގެ އެއްވެސް ޓީމަކާއި ދެކޮޅަށް ކުޅުނު މެޗުން އަބްހާނީ މޮޅުވެފައިނުވުމަކީ އޮސްކާއަށް ލިބޭނެ ހިތްހަމަޖެހުމެކެވެ.

މި ދެ ޓީމު ބައްދަލުކުރާ އޭއެފްސީ ކަޕްގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ މެންދުރުފަހު 15:15 ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް