ކ. މާލެ
|
5 މާރޗް 2018 | ހޯމަ 19:21
ނޭމާ ޖޫނިއަރސް ފައިވް ފުވައްމުލަކު ބުރުގެ ތެރެއިން
ނޭމާ ޖޫނިއަރސް ފައިވް ފުވައްމުލަކު ބުރުގެ ތެރެއިން
ރެޑް ބުލް
ނޭމާ ޖޫނިއަރސް ފައިވް
ނޭމާ ޖޫނިއަރސް ފައިވްގެ ފުވައްމަލަކު ބުރު ދިގުވާޑަށް
ފައިނަލް މެޗުގައި އެފްސީ ވަކަރުގެއާ ވާދަކޮށް ދިގުވާޑު ކުރިހޯދީ 1-0 ގެ ނަތީޖާއަކުން

ރެޑްބުލްއިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ނޭމާ ޖޫނިއަރސް ފައިވް" ފުޓްސަލް މުބާރާތުގެ ފުވައްމަލަކު ބުރުގެ ޗެމްޕިއަންކަން އެފްސީ ދިގުވާޑުން ހޯދައިފިއެވެ.

ފުވައްމަލަކު ބުރުގައި ޖުމްލަ ނުވަ ޓީމެއް ބައިވެރިވިއިރު މި ބުރުގެ ކުޅުން ކުރިޔަށް ގެންގޮސްފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މިސްކިތްމަގު ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި އެފްސީ ވަކަރުގެއާ ވާދަކޮށް ދިގުވާޑު ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މި ބުރުގެ ފައިނަލްއަށް އެފްސީ ވަކަރުގެ ދަތުރުކުރީ މިސްކިތްމަގު ނިއު ޖެނެރޭޝަން އަތުން 1-0 އިން މޮޅުވެގެންނެވެ. ހަމައެހެންމެ އެފްސީ ދިގުވާޑުން ފައިނަލުގެ ޖާގައެއް ކަށަވަރު ކުރީ ސެމީގައި މިކްސް ޖޫސް 2-1 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ފުވައްމަލަކު ބުރުގެ ޗެމްޕިއަންކަން ދިގުވާޑުން ހޯދުމާއެކު އެ ޓީމަށް ވަނީ ގައުމީ ކޮލިފައިންއިން ޖާގަ ލިބިފައެވެ. ގައުމީ ކޮލިފައިންއަށް ޓީމުތައް ހޮވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮލިފައިން ބުރުތައް ރެޑްބުލްއިން ކުރިޔަށް ގެންދާނެއެވެ. ފުވައްމުލަކުގެ އިތުރުން ގދ. ތިނަދޫ އާއި ހދ. ކުޅުދުއްފުށީގެ އިތުރުން ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގައި ވެސް ކޮލިފައިން ބުރުތައް ކުރިޔަށް ގެންދާނެއެވެ. އަދި މި ޓީމުތަކުގެ މެދުގައި ކުޅޭ ގައުމީ ކޮލިފައިން ބުރުން އެއްވަނަ ހޯދާ ޓީމުތަކަށް ގައުމީ ކޮލިފައިންއިން ޖާގަ ލިބޭނެއެވެ.

ގައުމީ ކޮލިފައިންއިން އެއްވަނަ ހޯދާ ޓީމަކަށް ދުނިޔޭގެ 60 އަށް ވުރެ ގިނަ ގައުމުތަކާއެކު ކުރިޔަށް ގެންދާ ފައިނަލް ބުރުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިއަހަރުގެ ފައިނަލްވެސް އޮންނަނީ ބްރެޒިލްގައެވެ. މިދިޔަ އަހަރު މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރީ ކްލަބް ޓީނޭޖްއިންނެވެ.

މި މުބާރާތުގެ ގަވާއިދު އޮންނަ ގޮތުން ކޮންމެ ޓީމައްގައި ވެސް ކީޕަރާއެކު ހިމެނޭނީ ފަސް ކުޅުންތެރިންނެވެ. އަދި 10 މިނެޓަށް ކޮންމެ މެޗެއް ވެސް ކުޅެވިގެންދާއިރު އިދިކޮޅު ޓީމުން ޖަހާ ކޮންމެ ލަނޑަކަށް، ލަނޑު ވަން ޓީމުގެ ކުޅުންތެރިޔަކު ދަނޑުން ފައިބަންޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް