ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 15:00
އެއްބަސްވުމާ އެކު ސައުދީ އަރަބިއްޔާގައި ރެސްލިންއަށް ލޯބިކުރާ ފަރާތްތަކަށް ޑަބްލިއުޑަބްލިއުއީ ރެސްލިންގެ ތަފާތު އެތައް މުބާރާތްތަކެއް ފެނިގެންދާނެ
އެއްބަސްވުމާ އެކު ސައުދީ އަރަބިއްޔާގައި ރެސްލިންއަށް ލޯބިކުރާ ފަރާތްތަކަށް ޑަބްލިއުޑަބްލިއުއީ ރެސްލިންގެ ތަފާތު އެތައް މުބާރާތްތަކެއް ފެނިގެންދާނެ
އަލްއަރަބިއްޔާ
ސައުދީއަށް ގެންނަ ބަދަލުތައް
ސައުދީގައި ރެސްލިން މުބާރާތްތައް ބޭއްވުމަށް ޑަބްލިއުޑަބްލިއުއީއާ އެކު ސޮއިކޮށްފި
މަޝްހޫރު "ރޯޔަލް ރަމްބްލް" އަދި "ރޯ ޓައިޓްލް"ވެސް ސައުދީގައި ކުރިޔަށްގެންދާނެ

ކުރިޔަށް އޮތް ދިހަ އަހަރަށް ސައުދީ އަރަބިއްޔާއަށް ޚާއްސަކުރެވިގެން ރެސްލިން މުބާރާތްތައް ކުރިޔަށް ގެންދިއުމަށް ޑަބްލިއުޑަބްލިއުއީ އާއި ސައުދީ އަރަބިއްޔާގެ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސައުދީގެ ޖެނެރަލް ސްޕޯޓްސް އޭޖެންސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެ އޭޖެންސީގެ ޗެއަރަމަން ތުރުކީ އަލް ޝެއިޚްއެވެ.

ޑަބްލިއުޑަބްލިއުއީގެ ސީއީއޯ ވިންސް މެކްމެހޮން އަދި އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓް އޮފް ޓެލެންޓް ޕޯލް ލެވިސްކޭ ނުވަތަ މަޝްހޫރު ނަމުންނަމަ ޓްރިޕްލް އެޗް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައެވެ.

މި އެއްބަސްވުމާ އެކު ސައުދީ އަރަބިއްޔާގައި ރެސްލިންއަށް ލޯބިކުރާ ފަރާތްތަކަށް ޑަބްލިއުޑަބްލިއުއީ ރެސްލިންގެ ތަފާތު އެތައް މުބާރާތްތަކެއް ފެނިގެންދާނެއެވެ.

އޭގެ ތެރޭގައި މަޝްހޫރު "ރޯޔަލް ރަމްބްލް" އަދި "ރޯ ޓައިޓްލް" ހިމެނެއެވެ.

ސައުދީ އަރައްބިއްޔާ އާއި ޑަބްލިއުޑަބްލިއުއީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރެވިފައި މިވަނީ ޖެނެރަލް ސްޕޯޓްސް އޮތޯރިޓީ އިން އެގައުމުގައި ކުޅިވަރުގެ ހަރަކާތްތައް އިތުރުކުރުމުގެ މަސައްކަތްތަކުގެ ތެރެއިންނެވެ.

ސައުދީ އަރަބިއްޔާއިން ވަނީ ގްރޭންޑް ޕްރިކްސް އަދި ސުޕަ ވަރލްޑް ބޮކްސިންގގެ ފައިނަލް އަންނަ މެއި މަހު ޖިއްދާގައި ބޭއްވުމަށް ވެސް ނިންމާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް