ކ. މާލެ
|
28 ފެބްރުއަރީ 2018 | ބުދަ 06:49
އެމްބީއޭ ޗެމްޕިއަންޝިޕް އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ސައިކްލޯން އަދި ޖުބިލީ ބައްދަލުކުރަނީ
އެމްބީއޭ ޗެމްޕިއަންޝިޕް އަންހެން ޑިވިޝަންގެ ފައިނަލް މެޗުގައި ސައިކްލޯން އަދި ޖުބިލީ ބައްދަލުކުރަނީ
ރާއްޖެއެމްވީ
އެމްބީއޭ ޗެމްޕިއަންޝިޕް
އެމްބީއޭ ޗެމްޕިއަންޝިޕް އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ސައިކްލޯން ބާސްކެޓްބޯލް ކްލަބް ހޯދައިފި
އަންހެން ޑިވިޝަންގެ ފައިނަލް މެޗު ސައިކްލޯން ކާމިޔާބުކުރީ 48-36ން
މުބާރާތުގެ ރަނަރަޕް ޓީމަކީ ޖުބިލީ ބާސްކެޓްބޯލް ކްލަބް
އަންހެން ޑިވިޝަންގެ މޮޅު ކުޅުންތެރިޔަކީ ޖުބިލޯ ބާސްކެޓްބޯލް ކްލަބުގެ އައިމިނަތު ޝިއުރާ

26 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ސައިކްލޯން ބާސްކެޓްބޯލް ކްލަބް ހޯދައިފި އެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ސައިކްލޯން ބާސްކެޓްބޯލް ކްލަބް ހޯދީ، އަންގާރަ ދުވަހު ހަވީރު ކުޅުނު ފައިނަލްގައި ޖުބިލީ ސްޕޯޓްސް ކްލަބުގެ މައްޗަށް 48-36 ން ކުރި ހޯދައިގެންނެވެ.

މިމުބާރާތުގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސައިކްލޯން ބާސްކެޓްބޯލް ކްލަބަށް 13 ޕޮއިންޓް ހޯދައިދިން ރައިފާ އިބްރާހިމް އެވެ.

މުބާރާތުގެ އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަށް ހޮވިފައިވަނީވެސް ޗެމްޕިއަން ސައިކްލޯން ބާސްކެޓްބޯލް ކްލަބުގެ ފަސް ކުޅުންތެރިންނެވެ. އަންހެން ޑިވިޝަންގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސައިކްލޯން ބާސްކެޓްބޯލް ކްލަބުގެ ރައިފާ އިބްރާހިމް، އައިމިނަތު އިސްރާއު އަބްދުއްޝުކޫރު، ނަޝްފާ އާމިރާ، ޒުލެއިޚާ އިބްރާހިމް އަދި ފާތިމަތު ޝައިލާން އަފްޒަލް އެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޖުބިލީ ބާސްކެޓްބޯލް ކްލަބުގެ އައިމިނަތު ޝިއުރާ އަބްދުލްބާރީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް