ކ. މާލެ
|
25 ފެބްރުއަރީ 2018 | އާދީއްތަ 15:36
އީޔޫ ޕާލަމެންޓް
އީޔޫ ޕާލަމެންޓް
ދަ ޖެނީވާ ސަމިޓް ފޯރ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ
ކުއްލި ނުރައްކަލުގެ ހާލަތު
ރާއްޖެއާއި މެދު އީޔޫއިން ގޮތެއް ނިންމުން މާދަމާއަށް އެޖެންޑާ ކޮށްފި
މި އެޖެންޑާގައި ބުނެފައިވަނީ ރާއްޖެއާއި މެދު ނިންމުންތައް ނިންމާނީ އެއްވެސް ބަހުސްކުރުމަކާއި ނުލާކަމަށް
ރާއްޖޭގައި އިޢުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތާއިމެދު އީޔޫގެ ޤައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ
ރާއްޖޭގެ ހާލަތު ބެލުމަށް އީޔޫގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކޮށްފައިވޭ

ރާއްޖެއާ މެދު ގޮތެއް ކަނޑައެޅުން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ކައުންސިލްގެ މާދަމާގެ ބައްދަލުވުމުގެ އެޖެންޑާގައި ހިމަނައިފިއެވެ.

މި އެޖެންޑާގައި ބުނެފައިވަނީ ރާއްޖެއާއި މެދު ނިންމުންތައް ނިންމާނީ އެއްވެސް ބަހުސްކުރުމަކާއި ނުލާކަމަށެވެ. 

ރާއްޖެ ގަޑިން މާދަމާ މެންދުރުފަހު 13:00 އަށް އެޖެންޑާކޮށްފައިވާ ބައްދަލުވުމުގައި ރާއްޖެއާއިމެދު ގޮތް ނިންމާނީ ހަތަރުވަނައަށެވެ. އެ އެޖެންޑާއަކީ މިމަހުގެ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ކަނޑައަޅާފައިވާ އެޖެންޑާއެކެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އީޔޫއިން ވަނީ ދިވެހި ސަރުކާރުން ސިޔާސީ ލީޑަރުން ހައްޔަރުކުރާތީ އާއި ސިޔާސީ ފަރާތްތައް ގައުމުން ބޭރުގައި ދިރިއުޅެން މަޖުބޫރު ކޮށްފައިވާ ކަމަށް ބުނެ ރާއްޖެއާ ދެކޮޅަށް ގަރާރެއް ފާސްކޮށްފައެވެ. އަދި ސިޔާސީ ބޭފުޅުންނާއި ތަހުގީގުތައް މިނިވަން ކުރުމަށާއި ޝަރުއީ ދާއިރާއަށް ސިޔާސީ ނުފޫޒު ނުފޯރުވުމަށާއި ރިޔާސީ އިންތިޚާބުގައި ކޮންމެ ޕާޓީއަކުންވެސް އެ ޕާޓީއަކުން ކަނޑައަޅާ މީހަކަށް ވާދަކުރުމުގެ ފުރުސަތު ދިނުމަށް އީޔޫގެ ޤަރާރުގައި ވަނީ ގޮވާލާފައެވެ.

މި ފެބްރުއަރީ މަހު ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގެ ބައިވެރިންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ރާއްޖެ އައިސް ޤައުމުގެ ހާލަތު އަމިއްލައަށް ބަލާލުމަށް ސަރުކާރުން ދެއްވި ދައުވަތު ޤަބޫލުކޮށް، ރާއްޖެ އައުމުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުލްޤައްޔޫމާއި، ސަރުކާރުގެ އިސް އެއްވެސް ބޭފުޅެއް ވެސް ބައްދަލުކުރައްވަން ފުރުޞަތު ނުދެއްވި ކަމަށް، ރާއްޖެއަށް ޒިޔާރަތްކުރި ވިލާތުގެ އިއްތިހާދުގެ ވަފުދަކުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
25 ފެބްރުއަރީ 2018 | އާދީއްތަ 11:34
ހައސަން
ކޮންގޮތެއްބާ ނިންމަންއުޅެނީ؟؟؟؟