ކ. މާލެ
|
23 ފެބްރުއަރީ 2018 | ހުކުރު 13:43
ނަޕޯލީގެ ފޯވާޑް ޒިއެލިންސްކީ އެޓީމަށް ކުރި ހޯދައިދިން ލަނޑު ޖަހަނީ
ނަޕޯލީގެ ފޯވާޑް ޒިއެލިންސްކީ އެޓީމަށް ކުރި ހޯދައިދިން ލަނޑު ޖަހަނީ
ގެޓީ އިމޭޖަސް
ޔުއެފާ ޔޫރޮޕާ ލީގު
ޔުއޭފާ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ބުރުން ނަޕޯލީ ކަޓައިފި
މި ދެ ޓީމް ނަޕޯލީގެ ދަނޑުގައި ކުޅުނު މެޗު 3-1 ން ކާމިޔާބު ކުރީ ލެއިޕްޒިގް އިން
ދެވަނަ ލެގު 2-0 ން ނަޕޯލީ ކާމިޔާބު ކުރިއިރު، މި ދެޓީމްގެ ދެމެދުގައި ކުޅުނު ދެ ލެގުގެ އެގްރިގޭޓް ނިމިފައިވަނީ 3-3 ން އެއްވަރުވެގެން
ލެއިޕްޒިގް މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދީ، ރަށުން ބޭރުގައި ޖެހި ލަނޑުގެ ތަފާތުން ކުރި ހޯދައިގެން

ޔުއޭފާ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ބުރުން، އިޓާލިން ލީގުގެ ކުރީގައިވާ ނަޕޯލީ ކަޓައިފި އެވެ.

ޔޫރޮޕާ ލީގުގެ ނޮކްއައުޓްގެ ފުރަތަމަ ބުރުގެ ފަހު ލެގުގައި ބުރާސްފަތި ދުވަހުގެރޭ އާރުބީ ލެއިޕްޒިގް އާ ދެކޮޅަށް ރަށުން ބޭރުގައި ކުޅުނު މެޗު، 2-0 ން ނަޕޯލީ ކާމިޔާބު ކުރި ނަމަވެސް، މި ދެޓީމް ބައްދަލުކުރި ދެލެގުގެ އެގްރިގޭޓް 3-3 ން އެއްވަރުވެ، ރަށުން ބޭރުގައި ޖެހި ލަނޑުގެ ތަފާތުން ކުރި ހޯދައިގެން މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދީ ލެއިޕްޒިގް އެވެ.

މިދެ ޓީމް ނަޕޯލީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 3-1 ން ކާމިޔާބު ކުރީ ލެއިޕްޒިގް އެވެ.

ބުރާސްފަތި ދުވަހުގެރޭ ރަށުން ބޭރުގައި ބައްދަލުކުރި ދެވަނަ ނަޕޯލީ އިން ކާމިޔާބުކުރި އިރު، 32 ވަނަ މިނިޓުގައި އެޓީމަށް ކުރި ހޯދައިދިނީ ޕޮލެންޑުގެ ފޯވާޑް ޒިއެލިންސްކީ އެވެ. ނަޕޯލީގެ ފަހު ލަނޑު މެޗު ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް ޖަހައިދިނީ ލޮރެންޒޯ އިންސިންޔޭ އެވެ.

ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ސްޓެއައޫ ބުކަރެސްޓްގެ މައްޗަށް 5-2 ގެ އެގްރިގޭޓުން ކުރި ހޯދައިގެން ލާޒިއޯ ވަނީ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް