ކ. މާލެ
|
19 ފެބްރުއަރީ 2018 | ހޯމަ 23:56
ސަބީހު ޕޮއިންޓެއް ކާމިޔާބުކުރަނީ
ސަބީހު ޕޮއިންޓެއް ކާމިޔާބުކުރަނީ
ބާސްކެޓް އެސޯސިއޭޝަން
އެމްބީއޭ ޗެމްޕިއަންޝިޕް
ޗިކުގެ ރެކޯޑު ސަބީހު މުގުރާލައިފި
ސަބީހު ވަނީ އެއް މެޗުގައި 88 ޕޮއިންޓް ހަމަކޮށްފައި

އެއް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް އަޅައިގެން ރާއްޖޭގެ އެންމެ އެންމެ މޮޅު ބާސްކެޓް ކުޅުންތެރިޔާގެ ގޮތުގައި ގިނަބަޔަކު ދެކޭ އިބްރާހިމް ރަޝްވާން (ޗިކު) ހެދި ރެކޯޑު އުއްމީދީ ކުޅުންތެރިޔާ މުހައްމަދު ސަބީހު ތައުފީގު މުގުރާލައިފިއެވެ.

ރާއްޖޭގެ ބާސްކެޓް މެޗެއްގައި އެންމެ ގިނަ ޕޮއިންޓް ސަބީހު ހަމަކުރީ މިހާރު ކުރިޔަށްދާ އެމްބީއޭ ޗެމްޕިއަންޝިޕްގައި ސްޓިންޖާސް ބީސީ އާއި ލަޔޮނެސް ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި 88 ޕޮއިންޓް ހަމަކޮށްގެންނެވެ. މި މެޗު 133 ޕޮއިންޓް 27 ޕޮއިންޓްއިން ކާމިޔާބުކުރީ ވެސް ސްޓިންޖާސް ބީސީއެވެ. މި މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވިފައިވަނީ ސަބީހުއެވެ.

ޗިކުގެ ރެކޯޑު ސަބީހު މުގުރާލިއިރު ޗިކު ރެކޯޑު ގާއިމުކުރީ ވެސް މި މުބާރާތުގައި ކުޅުނު މެޗެއްގައެވެ. އެގޮތުން ލަޔޮނެސްއާ ދެކޮޅަށް ޓީރެކްސް ކުޅުނު މެޗުގައި ޗިކު 85 ޕޮއިންޓް ހަމަކުރިއެވެ.

ޗިކުގެ ޓީމު ޓީރެކްސްއިން ވަނީ ރާއްޖޭގެ ބާސްކެޓް މެޗެއްގައި އެއް ޓީމަކުން އެންމެ ގިނަ ޕޮއިންޓް އެއްކުރި ޓީމުގެ ރެކޯޑު ހޯދާފައެވެ. ޓީރެކްސްއިން މި މުބާރާތުގައި ގާއިމުކުރި އަމިއްލަ ރެކޯޑު އެ ޓީމުން މުގުރާލީ ކްލަބް ބްލޫ ލެޕަރޑްސްއާ ދެކޮޅަށް ކުޅުނު މެޗުގައި 255 ޕޮއިންޓް ހަމަކޮށްގެންނެވެ.

ސަބީހު ފާހަގަކުރެވިފައިވަނީ ރާއްޖޭގެ ބާސްކެޓްގައި އެންމެ އުއްމީދީ ތަރިގެ ގޮތުގައެވެ. އޭނާ އަންނަނީ ގިނަ މުބާރާތްތަކުގައި މޮޅު ކުޅުމެއް ދައްކައި ތަފާތު ދައްކަމުންނެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް