ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ ހަސަން ފުލުހުންގެ އިދާރާއަށް ހާޒިރު ވެއްޖެއެވެ.
ފުލުހުން މާޝާ އާދީއްތަ ދުވަހު ހައްޔަރު ކުރުމަށް ފަހު ދޫކޮށްލީ ފުލުހުންގެ އިދާރާއަށް ހޯމަދުވަހު 9:00 ހާޒިރުވުމަށް އެންގުމަށް ފަހުގައެވެ.
މާޝާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެންގީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މާޝާ ހައްޔަރު ކޮށްފައިވަނީ، އިލްހާމް ހޯދުމަށް ފުލުހުން މިދިޔަ ހުކުރު ދުވަހު އިއުލާން ކޮށްފައި ވަނިކޮށެވެ. ނަމަވެސް މިހާތަނަށް ފުލުހުންނަކަށް އިލްހާމް ނުހޯދެ އެވެ. އިލްހާމްގެ ގާތް ބޭފުޅަކު ވިދާޅުވި ގޮތުގައި މާޝާ ހައްޔަރު ކުރީ އިލްހާމް ފުލުހުންނަށް ފިލުވުމަށް މަސައްކަތެއް ކުރައްވާ ކަމަށް ތުހްމަތުކޮށްފަ އެވެ.