ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 19:02
މި މުބާރާތުގެ މެޗެއްގެ ތެރެއިން
މި މުބާރާތުގެ މެޗެއްގެ ތެރެއިން
ރާއްޖެ އެމްވީ
ޑީ ބާސްކެޓްބޯލް ކްލަބް
ޑީ ބާސްކެޓްބޯލް ކްލަބްގެ ތްރީ އޮން ތްރީ މުބާރާތް ކާމިޔާބުކަމާ އެކު ނިންމާލައިފި
އެ އެކަޑަމީގައި 500 އާ ގާތްކުރާ އަދަދަށް ކުދިން އަންނަނީ ތަމްރީނު ފުރިހަމަކުރަމުން
މިފަދަ އިތުރު މުބާރާތްތައް މިއަހަރު ކުރިޔަށް ގެންދާނެ
މި މުބާރާތުގައި 132 ޓީމު ބައިވެރިވި

ޑީ ބާސްކެޓްބޯލް ކްލަބް (ޑީބީސީ) ގެ ފަރާތުން ބޭއްވި ތްރީ އޮން ތްރީ ބާސްކެޓް މުބާރާތް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންގޮސްފިއެވެ.

ޖުމްލަ 132 ކުޅުންތެރިންނާ އެކު ކުރިޔަށް ގެންދިޔަ މި މުބާރާތުގެ ކުޅުން ކުރިޔަށް ގެންގޮސްފައި ވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ޑީބީސީ އެކަޑަމީ ކެޓަގަރީ އަދި އޯޕަން ކެޓަގަރީއެވެ. މި ދެ ކެޓަގަރީ ވެސް އަންހެން ފިރިހެން ދެ ބަޔަށް ބަހާލެވުނު އިރު 4 އުމުރުފުރަޔަކަށް މި ދެ ބައި ބަހާލެވުނެވެ. އެގޮތުން މުބާރާތުގައި ޓީމުތައް ބައިވެރިވެފައި ވަނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 23 އަހަރުން ދަށުގެ އުމުރުފުރާތަކުގައެވެ.

ޑީބީސީ އެކަޑަމީގެ ކެޓަގަރީގެ ތެރެއިން 12 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ރެޑް ޓީމް ހޯދިއިރު ފިރިހެން ޗެމްޕިއަންކަން ހޯދީ އޮރެންޖް ޓީމެވެ. އަދި 14 އަހަރާއި 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަން ޓީމަކަށް ރެޑް ޓީމް ހޮވުނުއިރު 14 އަހަރާއި 16 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަން ޓީމްއަކަށް ހޮވިފައި ވަނީ ބްލޫ ޓީމެވެ.

އޯޕަން ކެޓަގަރީ އިން 12 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ބްލެކް ޓީމް ހޯދިއިރު 14 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ހޯދީ ވޯރިއަރސްއެވެ. މި އުމުރުފުރައިގެ ފިރިހެން ޗެމްޕިއަންކަން ހޯދީ މެޓްރިކްސްއެވެ. އަދި 16 އަހަރުން ދަށުގެ އަންހެން ޗެމްޕިއަންކަން ފެލްކަންސް ހޯދިއިރު ފިރިހެން ބައިގެ ޗެމްޕިއަންކަން ހޯދީ ސްޕާޓަންސްއެވެ. ހަމައެހެންމެ 23 އަހަރުން ދަށުގެ ފިރިހެން ޗެމްޕިއަންކަން ހޯދި ޓީމަކީ ކޭއޯއެވެ.

މުބާރާތުގެ ވަނަވަނައަށް އައި ޓީމުތަކަށާއި ކުޅުންތެރިންނަށް ޓްރޮފީ އާއި އިނާމު ހަވާލުކޮށްދެއްވީ މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޖެނަރަލް ސެކްރެޓްރީ ވިޝާމް ރަޝީދު އަދި މީގެ އިތުރުން ބީއެޗް އެމް ޓްރޭޑަރސް ގެ ސީނިއަރ ސޭލްސް އެންޑް މާރކެޓިންގ އެގްޒެކެޓިވް އިބްރާޙިމް ހުޝާމްއެވެ.

ޑީބީސީގެ މަސްއޫލުވެރިޔާ މުހައްމަދު ހާޝިމް (ޑޭވިޑް ކޯޗު) ބުނެފައި ވަނީ މިއީ މުޅިން އަލަށް އެ ކްލަބްއިން ބާއްވަން ފެށި މުބާރާތެއް ކަމަށާއި މި މުބާރަތުގެ މަގުސަދަކީ ބައިވެރިވާ ކުޅުންތެރިންގެ މެދުގައި ތްރީ އޮން ތްރީގެ ފޯރި ގަދަކޮށް އެ ކުޅިވަރު އާލާކޮށް ޓީމު ސްޕިރިޓް އާލާކުރުން ކަމަށެވެ. ކޯޗު ބުނެފައި ވަނީ މިފަދަ މުބާރާތް ބާއްވަމުން އަންނަނީ ބާސްކެޓް ކުޅުންތެރިން އުފެއްދުމަކީ އެ ކްލަބްގެ އަމާޒަކަށް ވުމާއެކު އެ އަމާޒަށް ވާސިލުވުމުގެ ގޮތުން ކަމަށެވެ.

ޑީބީސީ އިން ބުނީ މި މުބާރާތް ކާމިޔާބުކަމާ އެކު ކުރިޔަށް ގެންދިޔުމަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ. އެގޮތުން ބީ.އެޗް.އެމް ޓްރޭޑަރސް އާއި ބާސްކެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި މާލެ ކުޅިވަރު އެކުވެނިގެ އިތުރުން ވަކިން ހާއްސަކޮށް ޑީބީސީގެ ކޯޗުން ނާއި ބެލެނިވެރިން ގެ އެއްބާރުލުން ފާހަގަކުރާ ކަމަށް އެ ކްލަބުން ބުނެއެވެ.

2008 ވަނަ އަހަރު ވުޖޫދަށް އައުމަށް ފަހު ޑީބީސީ އިން އަންނަނީ ރާއްޖޭގައި ބާސްކެޓް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ކްލަބްގައި މިހާރު ފައްސަތޭކައެއްހާ ކުދިން ތަމްރީނު ފުރިހަމަކުރަމުން އަންނަ ކަމަށް އެ ކްލަބުން މައުލޫމާތުދެއެވެ.

- ކޮމެންޓް