ކ. މާލެ
|
29 ޖެނުއަރީ 2018 | ހޯމަ 08:52
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
މި މުބާރާތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފޭސްބުކް
ޓޭބަލް ޓެނިސް
ގައުމީ ޓޭބަލް ޓެނިސް މުބާރާތް ފަށައިފި
މި މަހުގެ ނިޔަލަށް މުބާރާތުގެ ކުޅުން ކުރިޔަށްދާނެ

ޓޭބަލް ޓެނިސް އެސޯސިއޭޝަނުން އިންތިޒާމު ކޮށްގެން ކުރިޔަށް ގެންދާ 57 ވަނަ ގައުމީ ޓޭބަލް ޓެނިސް މުބާރާތުގެ ކުޅުން ފަށައިފިއެވެ.

މި މަހުގެ ނިޔަލަށް މި މުބާރާތުގެ ކުޅުން ކުރިޔަށްދާއިރު އެ އެސޯސިއޭޝަނުން ބުނީ މިއަހަރުގެ މުބާރާތުގެ ކުޅުން ވެސް މިދިޔަ އަހަރެކޭ އެއްގޮތަށް ކުރިޔަށް ދާނީ ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކަމަށެވެ. މިއަހަރުގެ މުބާރާތުގައި 57 ކުޅުންތެރިޔަކު ބައިވެރިވެފައިވެއެވެ.

މި މުބާރާތުގެ ކުޅުން ތަފާތު ކެޓަގަރީތަކަށް ބަހާލާފައިވާއިރު އޭގެތެރޭގައި ހިމެނެނީ 12 އަހަރުން ދަށާއި، 16 އަހަރުން ދަށުގެ އިތުރުން ދެވަނަ ޑިވިޝަނާއި އެއްވަނަ ޑިވިޝަނުގެ އިތުރުން ވެޓެރަންސް ޑިވިޝަންއެވެ.

މި މުބާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވަންގ ފުކާންގއެވެ. އެމަނިކުފާނު ވަނީ މުބާރާތް ހުޅުވުމުގެ ގޮތުން މި މުބާރާތުގެ އަންހެން ސިންގަލްސް އިވެންޓް އެންމެ ފަހުގެ ޗެމްޕިއަން އައިޝަތު ރަފާ ނާޒިމްއާއެކު ރަމްޒީ މެޗެއް ކުޅެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް