މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް މެދުވެރިކޮށް 10 މިލިއަން ފައިސާގެ މުއާމަލާތް ހިންގާފައިވާ ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލް އިން ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ވަނީ 10 މިލިއަން ފައިސާގެ މުއާމަލާތްތަކުގެ ތެރޭގައި 2.5 މިލިއަން ފައިސާގެ މުއާމަލާތްތަކަކީ ފައިސާ ޖަމާކުރުމުގެ މުއާމަލާތްތައް ކަމަށެވެ. މިކަމުން ވެސް ދޭހަވަނީ މޮޑަން އޭޓީއެމްތައް މެދުވެރިކޮށް ކޮންމެ ވަގުތަކު ވެސް ޗެކް ބޭނުންކޮށްގެން ފައިސާ ޖަމާކުރުމާއި އަދި ފައިސާ ޖަމާކުރުމަކީ ރައްޔިތުންގެ މެދުގައި އާންމު ކަމަށްވެފައިވާ ކަމެވެ.
މިދިޔަ އަހަރު ބީއެމްއެލް އިން އަތޮޅު ތެރޭގައި ތިން ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ ހުޅުވާފައިވާ އިރު މާލޭގައި އެންމެ ޒަމާނީ ފެންވަރުގެ ކަސްޓަމަރ ސާވިސް ސެންޓަރެއް ވަނީ ގާއިމްކޮށްފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 34 ބްރާންޗް، 33 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 92 އޭޓީއެމް، 205 ކޭޝް އޭޖެންޓުން 4900 ޕީއޯއެސް މަރޗަންޓުން އަދި އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް އަންނަނީ ދެމުންނެވެ.