ކ. މާލެ
|
23 ޖެނުއަރީ 2018 | އަންގާރަ 00:00
ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް
ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް
ސިމާހާ ނަސީމް
ނޯޓް ބްރޭންޑް
ހަލާލް މޭކަޕް ސާމާނު ނިއު އެޑިޝަންއިން ތައާރަފުކޮށްފި
ނޯޓް ބްރޭންޑް އަކީ ތުރުކީގެ އުފެއްދުމެއް

ތުރުކީގެ ނޯޓް ބްރޭންޑްގެ މޭކަޕް ސާމާނު ނިއު އެޑިޝަން ފިހާރައިން ތައާރަފުކޮށްފިއެވެ.

ހޯމަ ދުވަހުގެ ރޭ ނިއު އެޑިޝަން ފިހާރައިގައި ބޭއްވި ރަސްމިއްޔާތުގައި "ނޯޓް" ބްރޭންޑްގެ ކޮސްމެޓިކްސް ތައާރަފުކޮށް ދެއްވީ، ނޯޓްގެ އިންޓަނޭޝަނަލް ސޭލްސް މެނޭޖަރ ސިހާން ބޭރަކްތަރް އާއި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން އަދި މެޑޮލްއެއް ކަމަށްވާ ޔުމްލީ ޖަލީލްއެވެ.

ނިއު އެޑިޝަންއިން ތައާރަފުކުރީ މޭކަޕްކުރުމަށް ބޭނުންކުރާ ނޯޓް ބްރޭންޑްގެ ފައުންޑޭޝަން އާއި  ކޮންސީލަރ އާއި  ލިޕްސިޓިކާއި އައިލައިނަރ އަދި އައިޝެޑޯ ފަދަ ސާމާނުތަކެވެ.

ސިހާން ވިދާޅުވީ ނޯޓް ބްރޭންޑްގެ އުފެއްދުން ދުނިޔޭގެ 72 ގައުމެއްގައި ވިއްކަމުން އަންނަ ކަމަށާއި އެ ބްރޭންޑްގެ ކޮސްމެޓިކްސްއަކީ ސަތޭކަ ޕަސަންޓް ހަލާލް ސެޓްފިކޭޝަން ލިބިފައިވާ އުފެއްދުމެއް ކަމަށެވެ.

ނޯޓްގެ އުފެއްދުންތައް ރާއްޖޭއަށް ތައާރަފުކުރީ ނިއު އެޑިޝަންއިން ބުނި ގޮތުގައި ލަގްޒަރީ ކޮސްމެޓިކްސް ހެޔޮ އަގެއްގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށެވެ.

ނޯޓް ބްރޭންޑްގެ ކޮސްމެޓިކްސް އުފައްދާފައި ވަނީ ކަނޑު އަޑީގެ މައުދަނާއި ފަތްޕިލާވެލި ބޭނުންކޮށްގެންނެވެ. އަދި މި ޕްރޮޑަކްޓް އުފެއްދުމަށް ރޯމެޓީރިއަލާއި މިނަރަލްސް ބޭނުންކޮށްފައި ވަނީ ވެސް އިންސާނުންގެ ހަމަށް ފައިދާވާ މިންގަނޑަށް ބަލައިގެންނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް